ޅ. ފެލިވަރު
ޅ. ފެލިވަރު
މިފްކޯގެ މަސައްކަތްތައް ކުރިއަށްދާ ޅ. ފެލިވަރުން މިހާތަނަށް ކޯވިޑް-19އަށް 245 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްއީއޯސީއިން ހާމަކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީިއިން ބުނީ މިވަގުތު ރަށްރަށުން ފާހަގަކުރެވިފައިވާ ކްލަސްޓަރތަކުގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ފެލިވަރު ކްލަސްޓާއިން ކަމަށެވެ. މިއަދު އެކަނިވެސް އެރަށުންވަނީ 95 މީހުން ބައްޔަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑްގެ ފުރަތަމަ ކޭސް ފެލިވަރުން ފެނުނީ މިމަހުގެ 24 ވަނަދުވަހުއެވެ. އޭގެފަހުން ފާއިތުވީ މުއްދަތުގައި އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 245 އަށް އަރާފައެވެ. އަދި ފެލިވަރުން ފެނުނު ކޭސްތަކާއި ގުޅިގެން ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ފެލިވަރުން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 136 ބިދޭސީންނާއި، 109 ދިވެހިންނެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. ޚާއްސަކޮށް ފާދިއްޕޮޅުގައި ކޯވިޑް-19 ވަރަށްބޮޑަށް ފެތުރި އެއަތޮޅުގެ ހުރިހާ ރަށެއް ވަނީ މޮނިޓަރިންގައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުގައި ބަލި ފެތުރެން ފެށުމާއެކު ރާއްޖެއިން ޕޮޒިޓިވްވާ އަދަދުވެސް ވަނީ މީގެކުރިން ޕޮޒިޓިވް ނުވާ ވަރަށް މައްޗަށް ދާން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން