ވެކްސިން ޖެހުން ކުރިއަށްދަނީ
ވެކްސިން ޖެހުން ކުރިއަށްދަނީ
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މާލޭ ސަރަޙައްދުގައި މާދަމާ ދޭން ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕޕީއޭ އިން މިއަދު ބުނެފައިވަނީ، ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރާއި، ނެޝަނަލް އާޓް ގެލެރީ އާއި ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ކަމަށެވެ. އަދި ވެކްސިން ޖަހަން އަންނައިރު ވެކްސިން ކާޑާއެކު އައިޑީކާޑު، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑު ގެނައުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒްގެ ވެކްސިން މާދަމާ ޖަހަން ފަށާއިރު މާދަމާ ފުރަތަމަ ވެކްސިން ދޭނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ހަތަރުވަނަ ދުވަހުގެ ނިޔަލަށް ވެކްސިން ޖެހި މީހުންނަށް ކަމަށެވެ.



ރާއްޖޭގައި ވެކްސިން ޖަހަން ފެށީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެޗްޕީއޭ އިން ބުނީ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފުތާއާއި 12 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ. އަދި ވެކްސިންގެ އަސަރު އެންމެ ރަނގަޅަށް ކުރާނީ ދެ ޑޯޒް ފުރިހަމަކުރުމުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދެލައްކައަށް ވުރެ ގިނަ މީހުންނަށް ދީފައިވާއިރު، ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ޗައިނާގެ ސައިނޯފާމް ވެކްސިނެވެ. އަދި ފައިޒާ ވެކްސިނަށް ރަޖިސްޓްރީވުމަށްވެސް އިއްޔެ އެޗްޕީއޭ އިން ވަނީ ހުޅުވާލާފައެވެ. ފައިޒާ ވެކްސިން ޖަހާނީ މާލޭ ސަރަޙައްދުގައި ހާއްސަ ހާލަތްތައް ކުރިމަތިވެފައިވާ ފަރާތްތަކަށެވެ.

ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް ޖުމްލަ 235،682 މީހަކު ރާއްޖޭގައި ވެކްސިން ޖަހައިފިކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން