ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު
ރަށްރަށުގެ ކޯވިޑް-19 ސާމްޕަލްތަކުގެ ނަތީޖާ ލިބުން ވަރަށް ލަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ޖެހޭ މީހުން ރާއްޖޭގެ ރަށްރަށުން ފެންނަ ނިސްބަތް އިތުރުވެފައިވާއިރު މިހާރުވެސް ރަށްރަށުގައި 800 އަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އިއްޔެގެ ނިޔަލަށް އަތޮޅުތަކުގައި އެކްޓިވް ކޭސްގެ ގޮތުގައި 833 ކޭސް އެއް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެކި ރަށްރަށުން ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ފޮނުވާފައިވާ 1500 އަށްވުރެ ގިނަ ސާމްޕަލްގެ ނަތީޖާ އަދި ވަނީ ނުލިބިއެވެ. އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ކޯވިޑް-19 ގެ ގިނަ ޢަދަދެއްގެ ކޭސްތައް ފެންނަމުންދާ ނައިފަރުފަދަ ރަށްރަށުގައި ތަންފީޒުކުރަންވާނީ އެރަށެއްގެ ޙާލަތަށް ރިޢާޔަތްކޮށް އަމަލުކުރެވޭ ފަދަ އުސޫލެއް ކަމަށެވެ.

"ނައިފަރު، ފެލިވަރު، ހުރާ ފަދަ ކޯވިޑް ބޮޑަށް ފެތުރޭ ރަށްރަށަށް އިތުރު ސަމާލުކަން ދެއްވައި މީހުންނާއި ވަސީލަތްތައް އިތުރަށް ފޯރުކޮށްދެއްވާ. ޓެސްޓް ކުރުން ވަރަށް ސްލޯ. ނަތީޖާ ލިބުން މާ ސްލޯ." އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.



އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އަތޮޅުތަކުގެ ރަށްރަށުގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ދިވެހިންގެ އަދަދަކީ 591 އެވެ. ބަލިޖެހިފައިވާ ބިދޭސީންގެ ޢަދަދަކީ 242 އެވެ.

އަތޮޅުތަކުގެ ރަށްރަށުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވަނީ ޅ. ފެލިވަރުންނެވެ. އެރަށުން 245 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ބަލިމީހުން ތިބީ ނައިފަރުގައެވެ. އެރަށުން 141 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ކ. ހުރާއިން 110 މީހަކަށް ބަލި ޖެހިފައިވާއިރު، ކ. ދިއްފުށިން 93 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން