ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މާލެ އަތޮޅުގައި މިވަގުތު ވެސް 17 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ކުރިޔަށްދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިރޭ ހާމަކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މާލެ އަތޮޅުގައި ޖުމްލަ 75 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް އެކި މަރުޙަލާތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން މިވަގުތު ޢަމަލީ މަސައްކަތް ކުރިއަށްދާ 17 މަޝްރޫޢު ހިމެނޭ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

މިއަހަރުގެ މިހާތަނަށް މާލެ އަތޮޅުގައި 18 މަޝްރޫޢެއްގެ މަސައްކަތް މި ސަރުކާރުން ނިންމާފައިވާއިރު، ހަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ކޮށްޓްރެކްޓްގައި ވަނީ ސޮއިކޮށްފައެވެ.

މާލެ އަތޮޅުގެ 258 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަމުން ދާއިރު، ސަރުކާރުގެ ލޯނު ސްކީމްގެ ދަށުން 5 ކުއްޖަކު ދަނީ ކިޔަވަމުންނެވެ. އަދި އިންކަމް ސަޕޯޓްގެ ގޮތުގައި 891 މީހަކަށް 15 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، އެސްއެމްއީ ލޯނުގެ ގޮތުގައި މާލެ އަތޮޅުގެ 41 ފަރާތަކަށް 67 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.



މި ސަރުކާރުން ގެންދަނީ ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގިނަ މަޝްރޫޢު ތަކެއް ހިންގަމުންނެވެ. އަދި ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް ހިންގުމަށް މިވަގުތުވެސް ވަނީ ޓެންޑަރ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން