ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 57 އިންސައްތައަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ބުނެފައިވަނީ މުޅި ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 57 އިންސައްތަ އަށް އަދި ރިސޯޓް އާބާދީގެ 57.5 އިންސައްތައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން ކޮވިޝީލްޑް، ސިނޮފާރމް އަދި ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ، ފަރާތްތަކަށް ދެވަނަ ޑޯޒް ރާއްޖޭގައި ޖެހުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށާއި، އެފަރާތްތަކުން ވެކްސިން ޖެހިކަމުގެ ލިޔުން އަދި އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ކޮޕީ އެއް އެޗްޕީއޭ އަށް ހުށައެޅުއްވުމަށް އެދޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ފެބްރުއަރީމަހު ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވާއިރު ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އޭގެ ފަހުން ސިނޯފާމްއާއި ފައިޒާ ވެކްސިން ދިނުމުގެ ހުއްދަވެސް ރާއްޖޭގައި ވަނީ ދީފައެވެ. އެގޮތުން ސިނޯފާމް ވެކްސިން މިހާރު ދޭން ވެސް ވަނީ ފަށާފައެވެ. ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ފަހުންނެވެ.
އިއްޔެގެ ނިޔަލަށް ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 5753 މީހަކު ވަނީ ޖަހާފައެވެ. އަދި މިހާތަނަށް ރާއްޖޭގެ ދެލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިންގެ ދިފާޢު ފުރިހަމަ ވާނީ ދެވަނަ ޑޯޒް ޖެހުމުން ކަމަށާއި، ދެވަނަ ޑޯޒް ފުރިހަމަ ކުރުމުން ކޯވިޑް ވެގެންދާނީ އާދައިގެ ރޯގާއަކަށް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

*️⃣ 57% of the total eligible population in Maldives have now received their first dose of Covid-19 Vaccine. #GetVaccinated #Covid19Dhifaau #AaUmmeedhu
— Health Protection Agency (@HPA_MV) April 6, 2021
ފެބްރުއަރީމަހު ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވާއިރު ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އޭގެ ފަހުން ސިނޯފާމްއާއި ފައިޒާ ވެކްސިން ދިނުމުގެ ހުއްދަވެސް ރާއްޖޭގައި ވަނީ ދީފައެވެ. އެގޮތުން ސިނޯފާމް ވެކްސިން މިހާރު ދޭން ވެސް ވަނީ ފަށާފައެވެ. ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ފަހުންނެވެ.
އިއްޔެގެ ނިޔަލަށް ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 5753 މީހަކު ވަނީ ޖަހާފައެވެ. އަދި މިހާތަނަށް ރާއްޖޭގެ ދެލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިންގެ ދިފާޢު ފުރިހަމަ ވާނީ ދެވަނަ ޑޯޒް ޖެހުމުން ކަމަށާއި، ދެވަނަ ޑޯޒް ފުރިހަމަ ކުރުމުން ކޯވިޑް ވެގެންދާނީ އާދައިގެ ރޯގާއަކަށް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ހިޔާލު