ޖޭއެސްސީގެ ބައެއް މެންބަރުން
ޖޭއެސްސީގެ ބައެއް މެންބަރުން
ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދާއި ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ޖޭއެސްސީން މިއަދު ޢާއްމުކޮށްފައިވާ ދެ ބަޔާނެއްގައި ބުނެފައިވަނީ، ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޛު ޒުބައިރު މުޙައްމަދާ ގުޅޭ ގޮތުން ބަލަމުން އަންނަނީ، ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް އެއްވެސް ހަސްމަކު ހާޒިރު ކުރުމެއް ނެތި ކުރިއަށް ގެންދިޔަ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ.

އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު މުހައްމަދު ސަމީރު އާ ގުޅޭ ގޮތުން ބަލަމުން އަންނަނީ، މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި އަޑުއެހުމެއްގައި އޭނާ އަމަލުކުރައްވާފައިވާ ގޮތާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެ ދެ މައްސަލަ ތަހުގީގު ކުރުމަށް ތަޙުޤީޤު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ. ޖޭއެސްސީން މިހާރުވެސް ގެންދަނީ ގިނަ ޢަދަދެއްގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އަދި މިގޮތަށް ބައެއް މައްސަލަތައް ބަލައި ގިނަ ޢަދަދެއްގެ ފަނޑިޔާރުން މަޤާމުން ވަކިކޮށްފައިވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން