އަހުމަދު ޝާހް   12 އޭޕްރީލު 2021 - 2:21
ރެންޑަމް ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމް
ރެންޑަމް ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމް
ތ. ކިނބިދޫން ނެގި ސާމްޕަލްތަކެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށް، އެރަށް މޮނިޓަރިންގ އަށް ލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ކިނބިދޫން ނެގި ފަސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ކިނބިދޫން ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޕޮޒިޓިވްވިކަން އެނގުނީ ހުން އަންނާތީ ޑޮކްޓަރަށް ދައްކަން ދިއުމުން ސާމްޕަލް ނަގައި ޓެސްޓް ކުރުމުންނެވެ.

ޕޮޒިޓިވްވި ފަސްވަނަ މީހަކީ ތ. ވޭމަންޑޫ އިން ކިނބިދޫ އަށް ދިޔަ މީހެކެވެ. ވޭމަންޑޫ އަކީ އެޗްޕީއޭ އިން މިހާރު ވެސް މޮނިޓަރިން އަށް ލާފައިވާ ރަށެކެވެ.

ކިނބިދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިން އާއި، ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ވަނީ ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން