ތ. ކިނބިދޫ
ތ. ކިނބިދޫ
15 މާރޗަށްފަހު ތ.ވޭމަންޑޫއަށް ދިޔަ މީހުން ކަރަންޓީނުވާން އަންގައިފިއެވެ.

އެޗްޕީއޭއިން މިރޭ ކުރި އިޢުލާނެއްގައި ވަނީ ތ.ވޭމަންޑޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 15 މާރިޗް 2021 ގެ ފަހުން ތ. ވޭމަނޑޫގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހެލްތް ސެންޓަރަށް އެންގެވުން އެދޭކަމަށެވެ.

އަދި މިތާރީޚްގެ ފަހުން ތ.ވޭމަންޑޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ތ.ވޭމަންޑޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރަން ވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެޗްޕީއޭ އިން ބުނީ އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

އަދި 15 މާރިޗް 2021 ގެ ފަހުން ތ.ވޭމަންޑޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށްވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

މީގެ އިތުރުން ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ތ.ވޭމަންޑޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރަށްވައި، 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން