ވެކްސިން ޖެހުން ކުރިއަށްދަނީ
ވެކްސިން ޖެހުން ކުރިއަށްދަނީ
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. އަދި މާލޭ ސަރަޙައްދުގައި ރަމަޟާންމަހު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ރޭގަންޑު 21:00 އިން 23:00 އަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މާލޭ ސަރަޙައްދުގައި ރަމަޟާން މަހު ކޮވިޝީލްޑް ވެކްސިން ދޭނީ ސޯޝަލް ސެންޓަރާއި، ނެޝަނަލް އާރޓް ގެލަރީ އާއި، ރައްޔިތުންގެ މަޖްލީހާއި، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒާއި، ސެނަހިޔާ ގައެވެ.

އަދި ސިނޮފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ދާއިރު ވެކްސިން ކާރޑް ގެންދިއުމަށާއި، ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ދިއުމަށާއި، ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމުގެ އިތުރުން، ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުމަށް އެޗްޕީއޭ އިން އެދިލައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން