ތ. ކިނބިދޫ
ތ. ކިނބިދޫ
ތ. ކިނބިދޫއިން ކޯވިޑް-19 އަށް އިތުރު 7 މީހަކު ޕޮޒިޓިވް ވެ އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ޢަދަދު 12 އަށް އަރައިފިއެވެ.

ކިނބިދޫން މިއަދު ޕޮޒިޓިވްވީ އެރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން 7 ސާމްޕަލެކެވެ. އެ ހަތް މީހުންނަކީ އެރަށުން މީގެ ކުރިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކޮނޓެކްޓްސް އެވެ. މިދިޔަ އާދިއްތަ ދުވަހު އެރަށުން 4 މީހަކު ޕޮޒިޓިވްވެ، އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ.

ކިނބިދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އެރަށުން ވޭމަންޑުއަށް ދަތުރުކުރި މީހަކާއި، ބަލީގެ އަލާމާތްތައް ހުރުމުން ނެގި ސާމްޕަލުން ޕޮޒިޓިވްވި ތިން މީހުންނެވެ.

ކިނބިދޫން މިހާތަނަށް 90 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން ލިބިފައިވަނީ 10 ސާމްޕަލްގެ ނަތީޖާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން