އަހުމަދު ޝާހް   14 އޭޕްރީލު 2021 - 23:15
ތ.އޮމަދޫ
ތ.އޮމަދޫ
ތ. އޮމަދޫއަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިހާރު މޮނިޓަރިންގައި އޮތް އެ އަތޮޅު ވޭމަންޑު އަށް ދިޔަ މީހުންގެ ތެރެއިން ކަރަންޓީންގައި ހުރި މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓް ކުރިއިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޮމަދޫގައި މިހާރުވެސް ވޭމަންޑޫއަށް މާރޗް 15 ގެ ފަހުން ދަތުރުކުރި 150 އެއްހާ މީހުން ކަރަންޓީނުގައި އެބަ ތިއްބެވެ.

ވޭމަންޑޫގެ އިތުރުން ތ. ކިނބިދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިން އާއި، ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭއިން މިހާރު ވަނީ ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން