ޕޮލިސް ބޯޑްގެ މެމްބަރުންނާ މިނިސްޓަރ ބައްދަލުކުރެއްވުމުގެ ތެރެއިން
ޕޮލިސް ބޯޑްގެ މެމްބަރުންނާ މިނިސްޓަރ ބައްދަލުކުރެއްވުމުގެ ތެރެއިން
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި "ޕޮލިސް ބޯޑް" ގެ މެންބަރުންނާ ދާޚިލީ ވަޒީރު ޢިމްރާން ޢަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އެކުލަވާލާފައިވާ ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. މިބޯޑަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހޭ ބޯޑެއްގެ ގޮތުގައި ގާނޫނުގައި އޮތްއިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

ހޯމް މިނިސްޓްރީން ބުނީ ހޯމް މިނިސްޓަރ މިއަދު ޕޮލިސްބޯޑުގެ މެމްބަރުންނާއި ބައްދަލު ކުރެއްވި ކަމަށާއި، މިބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާ ޕޮލިސްބޯޑް އެކުލަވާލައްވާފައިވާއިރު އެބޯޑުގައި ހިމެނިވަޑައިގަންނަވަނީ އަލްފާޟިލް އަޙްމަދު ފަޔާޟް ޙަސަން، މ.ހަޒާރީވިލާ އާއި، އަލްފާޟިލާ ޢާއިޝަތު ނޫރާ މުޙައްމަދު، ހ.ނޫމުތީ އާއި، އަލްފާޟިލް ޢަލީ ފާއިޒު، މއ.މަނާގެ އާއި، އަލްފާޟިލް އަޙްމަދު ނާޝިދު، މއ.ގޯލްޑަންމޫން އަދި އަލްފާޟިލް އާދަމް އިބްރާހީމް، ގ.ޑިމްލައިޓް އެވެ. އަދި ޢާއްމުންގެ ފަރާތުން ބޯޑުގައި ތިއްބެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަށްވާފައިވާ އަލްފާޟިލް ޙާމިދު ޢަބްދުލްޣަފޫރު، ހ.ޝޭޑީކޯނަރ އާއި، އަލްއުސްތާޛާ ޞަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ ވެސް ވަނީ ބޯޑަށް ޢައްޔަން ކުރަށްވާފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުޢައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

އައު ގާނޫނު ބުނާ ގޮތުން ގާނޫނަށް އަަމަލު ކުރާއިރު ތިބި ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެ މީހުން މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން