މަގުމަތީ ފޮތް ހަރުގެ ޚިދުމަތް ތަޢާރަފް ކުރުން
މަގުމަތީ ފޮތް ހަރުގެ ޚިދުމަތް ތަޢާރަފް ކުރުން
ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުގެ މުނާސަބަތާއި އަދި ޤައުމީ ކުތުބުޚާނާއަށް 75 އަހަރު ފުރުމުގެ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަގުމަތީ "ފޮތްހަރު"ގެ ޚިދުމަތް މިއަދު ތަޢާރަފް ކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފް ކޮށްދެއްވީ މިއަދު 10:00ގައި މިނިސްޓްރީ އޮފް އާރސް ކަލްޗަރ އެންޑް ހެރިޓެޖް ޔުންމާ މައުމޫނާއި މާލެ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު އެވެ.

ކަޅުވަކަރު މިސްކިތް މައިޒާނާއި ހިއްތަން މައިޒާނުގައި އިފްތިތާޙު ކުރެވުނު "މަގުމަތީ ފޮތްހަރު" މިއީ އަވަށްޓެރީންނަށް ފަސޭހައިން ފޮތް ނަގާ ހެދޭނެ ކުޑަ ފޮތް ހަރެކެވެ. އަދި މީގެ ސަބަބުން ކުޑަކުދިންނަށާއި ބޮޑެތި މީހުންގެ މެދުގައި ފޮތްކިޔުމުގެ ޝައުޤުވެރިކަން އާލާވެގެން ދާނެއެވެ.

މިއަދު މި ބެހެއްޓި ފޮތް ހަރުތަކާ ގުޅިގެން މިނިސްޓަރ ޔުމްނާ ވިދާޅުވީ، މިއީ މައިޒާންތަކާއި ޕާކުތަކުގެ ބޭނުންކުރައްވާ ފަރާތްތަކަށް އެ ފަދަ މައިޒާންތަކުގައި ފޮތް ވިދާޅުވެލައްވަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ހުރިހާ ބޭފުޅުންވެސް ރަނގަޅުގޮތުގައި މި ޚިދުމަތް ބޭނުން ކުރެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރަށްވާފައެވެ.



މި ފޮތް ހަރުން ފޮތް ދޫކޮށް އަދި ބަލައިގަތުމަށް އެއްވެސް ފަރާތެއް ނުވަތަ މެދުވެރިއަކު ނުހުންނާނެއެވެ. ފޮތް ގެންދިއުމާ އަދި ފޮތް ކިޔާ ނިމުމުން އެ ފޮތް، އަނބުރާ ފޮތް ހަރަށް ގެނެސްދިނުމަކީވެސް ފޮތް ގެންދިޔަ ފަރާތުގެ ޒިންމާއެކެވެ. މިއަދު ބެހެއްޓި ފޮތް ހަރުތަކަށް ފޮތް ހަދިޔާ ކުރުމުގެ ފުރުޞަތުވެސް ޤައުމީ ކުތުބުޚާނާއިން ވަނީ ހުޅުވާލާފައެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އެހީތެރިކަމާއެކު ތައްޔާރުކޮށް މިއަދު ބެހެއްޓި ދެ ފޮތް ހަރަކީ މާލެސިޓީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މިކަހަލަ ފޮތް ހަރުތަކުގެ ތެރެއިން ފުރަތަމަ ދެ ފޮތް ހަރެވެ. މުސްތަޤްބަލްގައި މީގެ އިތުރު ފޮތް ހަރުތައް ތަފާތު އެކި މައިޒާންތަކުގައި ބެހެއްޓުމަށް ޤައުމީ ކުތުބުޚާނާއިން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން