ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން (ގިޓާ)
ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން (ގިޓާ)
ރައްޔިތުންގެ ދެކޮޅުހެދުން ބޮޑުވެ ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލް ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (ގިޓާ) މިއަދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ޕެންޝަނާބެހޭ ބިލް މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ބިލް އަނބުރާ ގެންދިޔަ ސަބަބު ޝިޔާން ވިދާޅުވެފައެއް ނުވެއެވެ.



މި ބިލުގައިވާ ގޮތުން މިހާރު ޕެންޝަން ލިބެމުން އަންނަ ފަރާތްތަކުގެ ތެރެއިން ދައުލަތަށް 20 އަހަރު ދުވަހު ޚިދުމަތް ކުރި ފަރާތްތަކަށާއި، 40 އަހަރު ދުވަހު ޚިދުމަތް ކުރާ ފަރާތްތަކަށް ލިބޭ ޕެންޝަން ނިމުމަކަށް އަންނާނެއެވެ. މި ބިލަށް އެމްޑީޕީއާއި ޕީޕީއެމްގެ މެމްބަރުންވެސް ފާޑު ވިދާޅުވެފައި ވާއިރު، މެމްބަރުން ވަނީ ދަޢުލަތަށް ޚިދުމަތްކުރާ މީހުންގެ އަގު ވަޒަންކުރެވޭނެ ގޮތެއް އޮންނަންވާނެ ކަމަށް ވިދާޅުވެފައެވެ.

ބައެއް ކަހަލަ ޕެންޝަންތައް ދިނުން ބިލުގެ ސަބަބުން ހުއްޓުމަކަށް އައި ނަމަވެސް ސިފައިންނާ ފުލުހުންނާއި ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ވަކިވާ ފަރާތްތަކަށް އިސްތިސްނާ ޙާލަތްތަކެއް ބިލުގައި ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން