މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު، މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދާއި ބައްދަލު ކުރަށްވައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބު ވެވަޑައިގެންފައިވާ ޑރ. މުޙައްމަދު މުއިއްޒު، މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފާއި ބައްދަލު ކުރަށްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ ދައުރު ބަދަލު ވުމުގެ މަރުހަލާ ނުވަތަ ޓްރާންސިޝަނަލް މަރުޙަލާ ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި ޑރ. މުޢިއްޒު މޭޔަރުކަން ކާމިޔާބު ކުރެއްވީ އޭނާއާއި ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓުގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯއްދަވައިގެންނެވެ.
ޑރ. މުޢިއްޒު ވަނީ އިންތިޚާބުގައި ވޯޓްލީ މީހުންގެ 62 އިންސައްތަ ވޯޓް ހޯއްދަވައިފައެވެ. ޑރ. މުއިއްޒަށް 12447 ވޯޓް ލިބިވަޑައިގެންނެވިއިރު އެމްޑީޕީން ވާދަކުރެއްވި އަނަސްއަށް ލިބިވަޑައިގަތީ 7413 ވޯޓެވެ.

I've met today with @MaleCitymv mayor @SifaMohammed to discuss about transitional process. I look forward for a productive few weeks ahead in this process. pic.twitter.com/N4PvISLs80
— Dr Mohamed Muizzu (@MMuizzu) April 25, 2021
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި ޑރ. މުޢިއްޒު މޭޔަރުކަން ކާމިޔާބު ކުރެއްވީ އޭނާއާއި ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓުގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯއްދަވައިގެންނެވެ.
ޑރ. މުޢިއްޒު ވަނީ އިންތިޚާބުގައި ވޯޓްލީ މީހުންގެ 62 އިންސައްތަ ވޯޓް ހޯއްދަވައިފައެވެ. ޑރ. މުއިއްޒަށް 12447 ވޯޓް ލިބިވަޑައިގެންނެވިއިރު އެމްޑީޕީން ވާދަކުރެއްވި އަނަސްއަށް ލިބިވަޑައިގަތީ 7413 ވޯޓެވެ.
ކިޔުންތެރިންގެ ހިޔާލު