ޝިފްލާ އިބްރާހީމް
ޝިފްލާ އިބްރާހީމް
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަަމަށް ޝިފްލާ އިބްރާހީމް އައްޔަނު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވުމުންނެވެ. މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން ޝިފްލާ ގެ ނަން ކޮމިޓީން ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުން ވަނީ އޭނާ އަށް ރުހުން ނުދީފަ އެވެ. ބްރޯޑްކޮމްގެ މެމްބަރުކަމަށް ޝިފްލާ އައްޔަނުކުރުމަށް މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 71 މެމްބަރަކު ވޯޓު ދެއްވި އެވެ.

ފަސް އަހަރުގެ ދައުރަކަށް އެކުލަވާލާ ބްރޯޑްކޮމްގެ މިދައުރުގެ ރައީސަކީ މަރިޔަމް ވަހީދާ އެވެ. އަދި ކޮމިޝަންގެ ނައިބް ރައީސަކީ އަހުމަދު ގައިސް އެވެ. ކޮމިޝަންގައި ތިއްބެވި އިތުރު މެންބަރުންނަކީ އަލީ ޔޫސުފު، އައިމިނަތު އަމީނާ، އަމްޖަދު ވަހީދުގެ އިތުރުން މުހައްމަދު ފަޒީނެވެ. މި ކޮމިޝަނުގައި ހަތް މެންބަރުން ތިއްބަވައެވެ.



ކިޔުންތެރިންގެ ހިޔާލު