މާލޭގައި މުނިފޫހި ފިލުވާ މަރުކަޒު ހެދުމުގެ ޤަރާރު މަޖިލީހުން ފާސްކޮށްފިއެވެ.
މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކު އަޑުއަހާލައި އެކުވެރިންނާ ބައްދަލުކޮށްލާ ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށް، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށައެޅުއްވި ޤަރާރު ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ވޯޓުންނެވެ.
ޤަރާރު ދިރާސާކުރި އިޖުތިމާއީ ކޮމިޓީން ނިންމާފައިވަނީ ހެރިޓޭޖް މިނިސްޓްރީން އިސްވެ މިއުޒިކް އަޑުއަހާލާނެ މަރުކަޒެއް ގާއިމުކުރުމަށެވެ.
މިޤަރާރުގެ ބަހުސްގައި މި ޤަރާރަށް އެމްޑީޕީގެ ބައެއް މެމްބަރުންވެސް ވަނީ ދެކޮޅު ހައްދަވާފައެވެ.
އިދިކޮޅުން ވަނީ މިގަރާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މިއީ ބިރަކާނުލާ މަޖާކުރުމަށް ފުރުސަތު ދިނުމަށް ކުރާ ކަމެއް ކަމަށްބުނެ ބައެއް ދީނީ ޢިލްވެރިންވެސް މިކަމަށް ފާޑުކިޔާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު