ގަރާޖު ސިޓީ އުވާލުމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހު، އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. މި ހުށައެޅުން ފާސްވީ 68 މެމްބަރުންގެ ވޯޓު ދެއްވައިގެންނެވެ.
މިހާރު އޮންނަ ގޮތުން އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ހުށަހަޅާނަމަ، އެއުޅަނދެއް ބާއްވާނެ ގަރާޖެއްގެ ލިޔުން ހުށަހަޅަންޖެހެއެވެ. އަދި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބާރުވެސް މިހާރު ޤާނޫނު އޮންނަގޮތުން ލިބިދީފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށެވެ.
ކާރެއް ރަޖިސްޓްރީ ކުރެވޭނީ އެކާރު ބާއްވާނެ ގަރާޖަކާބެހޭ ލިއުން ހުށައަޅައިގެން ކަމަށް ގަވާއިދުގައި ބުނާތީ އެކަން އެގޮތަށް ކުރި ނަމަވެސް ކަމުގެ މަގުޞަދު ހާސިލު ނުވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އެގޮތުން މިހާރުވެސް އެއް ގަރާޖަށް ސާޅީހުން، ފަންސާހުން ކާރު ރަޖިސްޓްރީކޮށް އެކަމުންވެސް ނާޖާޒިރު މަންފާތައް ބަޔަކު ނަގަމުން ގެންދާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.
ގަރާޖެއްގެ ލިޔުން ހުށަނާޅައި އެއްގަމު އުޅަނދު ރަޖިސްޓްރީކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިގޮތަށް އިޞްލާޙު ގެނައި މައިގަނޑު ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭކަމަށް އޮތުމުގެ ސަބަބުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެފަދަ ލިޔުންތައް ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު