ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދަނީ
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދަނީ
ރަށު ކައުންސިލްގެ ރައީސުންގެ މުސާރައަށް 20000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަށު ކައުންސިލްގެ މުސާރަތަކަށް ބަދަލު ގެނައުމަށް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ. އެ ހުށައެޅުން މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

އެގޮތުން މިއަދު ވަނީ އަތޮޅު ކައުންސިލް ތަކުގެ ރައީސުންނަށް 28،000 ރުފިޔާ އަދި ރަށު ކައުންސިލްތަކުގެ ރަައީސުންނަށް 20،000 ރުފިޔާ ދިނުމަށް ފާސްކޮށްފައެވެ. ރަށު ކައުންސިލްތަކުގެ ނައިބުންނަށް 15،000 ރުފިޔާ އަދި މެންބަަރުންނަށް 13،000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސިޓީތަކުގެ މޭޔަރުންނަށް 40،000 ރުފިޔާ، ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް 30،000 ރުފިޔާ ދިނުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާމެދު މެންބަރުންގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުން ތަކެއް ހުރިކަން ފާހަގަކުރެވެއެެވެ. އެގޮތުން ރަށު ކައުންސިލްގެ ރައީސްގެ މުސާރައަށް އޭރު ކޮމިޓީން ފާސްކުރި 23،000 ރުފިޔާ އެއީ ބޮޑު އަދަދެއް ކަމަށް ފާހަގަކުރައްވާ ބައެއް މެންބަރުން ވަނީ އެ އަދަދު 20،000 ރުފިޔާ އަށް ކުޑަކުރުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމުން ވަނީ ރަށު ރައީސުންގެ މުސާރަ 20000 ރުފިޔާއަށް ކުޑަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން