ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން ރައީސަށް ދިނުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށައެޅުއްވި އިސްލާހު ފާސްނުކޮށް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާންމު ސިއްހަތުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް، ނިންމާފައި ވާގޮތަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގެ ބާރު ރައީސަށް ދިނުމަށް ފެންނަ ކަމަށް ފާސްކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފާސްކޮށްފައިވަނީ ފުނަދޫ ދާއިރަގެ މެމްބަރު މުހައްމަދު ޝާހިދު، ރައީސުލްޖުމްހޫރިއްޔާއަށް އެ ބާރުތައް ނުދިނުމަށް ހުށައެޅުއްވި ހުށައެޅުއްވުމެވެ.

މި އިސްލާހަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތާއީދު ކުރެއްވިއެވެ. އެ އިސްލާހު ފާސްކުރުމަށް ތާއީދުކޮށް 37 މެމްބަރުން ވޯޓު ދެއްވި އިރު ނުފެންނަ ކަމަށް 31 މެމްބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ 2 މެމްބަރުން ތިއްބެވިއެވެ.

މިހާރު ޤާނޫނުގައި އޮންނަ ގޮތުން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގެ ބާރު ލިބިގެންވަނީ ހެލްތް މިނިސްޓަރަށެވެ. މަޖިލީހުގެ ނިންމުމާއެކު ދެންވެސް އެ ނިންމުން ނިންމަވާނީ ހެލްތް މިނިސްޓަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން