މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގައި ގާދިއްފުށީ ކައުންސިލްގެ ގޮނޑި ޕީޕީއެމްގެ މައްޗަށް އެމްޑީޕީން ކުރިހޯދައި ގޮނޑި ކާމިޔާބުކޮށްފިއެވެ.
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގައި ގާދިއްފުށީ ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ އެއް ގޮނޑިއަށް އަލުން ވޯޓްލާން ޖެހުނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ދާއިރާ ނޫން އެހެން ދާއިރާއެއްގެ ދެ މީހަކު އެ ދާއިރާއަށް ވޯޓްލައިފައި ވުމުން ވޯޓްގެ ނަތީޖާއަށް އަސަރު ކުރުމުގެ ފުރުސަތު އޮތުމުންނެވެ.
މިއަދު ނެގުނު ވޯޓްގައި ޕީޕީއެމްގެ ކެނޑިޑޭޓް ޙައްވާ ޢަބްދުﷲއަށް ލިބިފައި ވަނީ 87 ވޯޓެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް މަރްޔަމް ޙަސަން ވަނީ 84 ވޯޓް ހޯދައިފައެވެ. އެމްޑީޕީގެ ކެނޑިޑޭޓް މަރްޔަމް ޙަސަންއަށް ކުރި ލިބުނީ ޖުމްލަ 229 ވޯޓުންނެވެ. ޙައްވާ ޢަބްދުﷲ އަށް ލިބުނީ 216 ވޯޓެވެ.
މިއާއެކު ގާދިއްފުށީ ކައުންސިލްގައި ތިއްބަވާނީ ޕީޕީއެމްގެ ހަތަރު ކައުންސިލަރުންނާއި، އެމްޑީޕީގެ ކައުންސިލަރެކެވެ.

ކިޔުންތެރިންގެ ހިޔާލު