ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދަނީ
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދަނީ
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގައި ލ. މާވަށު ކައުންސިލްގެ ރައީސްގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓް ކާމިޔާބުކޮށްފިއެވެ.

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގައި މާވަށު ރަށު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް އަލުން ވޯޓްލާން ޖެހުނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ދާއިރާ ނޫން އެހެން ދާއިރާއެއްގެ މީހަކު އެ ދާއިރާއަށް ވޯޓްލައިފައި ވުމުން ވޯޓްގެ ނަތީޖާއަށް އަސަރު ކުރުމުގެ ފުރުސަތު އޮތުމުންނެވެ.

މިއަދު ބޭއްވި އިންތިޚާބުގެ ދެވަނަބުރުގައި ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ އަޙްމަދު މޫސާ އިންތިޚާބުވީ އެމްޑީޕީގެ ކެނޑިޑޭޓްގެ މައްޗަށް 26 ވޯޓުން ކުރި ހޯދައިގެންނެވެ. މިއާއެކު މާވަށު ކައުންސިލްގެ ހަތަރު ގޮނޑި ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން