ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަހުމަދު ޝަކީލް (ކ)
ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަހުމަދު ޝަކީލް (ކ)
ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަހުމަދު ޝަކީލްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިބަނީ މީހެއްގެ ބަންދާއި މެދު ގޮތް ނިންމުމުގައި ކަނޑައެޅިގެން ގާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަކީލް އަމަލުކުރެއްވި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް އޭޕްރިލް 28 ގައި ޖޭއެސްސީން ނިންމާ ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށެވެ.

އަހުމަދު ޝަކީލް އަކީ ވިލާ ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާސް އޮފް ޝަރީއާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޝަކީލް ވަނީ މީގެ ކުރިން ފެމެލީ ކޯޓާއި ޖުވެނައިލްކޯޓު އަދި ސިވިލްކޯޓުގައި މަސައްކަތް ކުރައްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން