ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަޙްމަދު ސަލީމް
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަދި އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް އަޙްމަދު ސަލީމް މި ސަރުކާރާއެކު ޑީލް ނުހައްދަވާނެ ކަމަށް ޕީއެންސީގެ ނައިބުރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ތަހުގީގު ކުރަމުންދާ ރިޔާސީ ކޮމިޝަނަށް ޕީޕީއެމް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ހާޒިރުކުރުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅިގެން އިދިކޮޅު ޕާޓީތަކުގެ މެންބަރުން ކޮމިޝަނަށް ހާޟިރުކުރަނީ ސަރުކާރާއި ޑީލް ހަދާތޯ ބެލުމަށް ކަމަށެވެ. އަދި އެ ލިސްޓުން ނަން ނެގޭނެގޮތް ރެޑްވޭވް ސަލީމަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، މިހާރުވެސް ޚިޔާނާތްތެރިން ތިބީ ސަރުކާރާއި ޑީލް ހަދައިގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އެ ލިސްޓުން ނަން ޑިލީޓް ކުރެވޭނެ ގޮތް ރެޑްވޭވް ސަލީމަށް އެނގިލައްވާނެ. ބައެއް މެމްބަރުންގެ ނަން ޑިލީޓް ކޮށްފި." އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

ސަލީމް ރިޔާސީ ކޮމިޝަނަށް ހާޒިރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ހާޒިރުކޮށްފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ސަލީމްގެ ވިޔަފާރި، ރެޑްވޭވަށް ޑޮލަރު ގަތް މުއާމަލާތް ސާފު ކުރުމަށް ކަމަށް ސަލީމް ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ގިނަ ބައެއްގެ މައްސަލަ ބަލަމުން ގެންދާއިރު މިހާތަނަށް އެމައްސަލާގައި ޙުކުމް ކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، ޢަބްދުﷲ ޒިޔަތާއި، ކުރީގެ ރައީސް ޔާމީންގެ މައްޗަށެވެ. މި ތިން ބޭފުޅުންވެސް މިވަގުތު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައި ތިއްބަވައިގެންނެވެ. ރައީސް ޔާމިން ގޭބަންދަށް ބަދަލުކުރީ މި ރޯދަމަހުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން