ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށްދަނީ
އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާއި ހިއްސާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެއަކު ނެރެފައިވާ ބަޔާނެއްގައިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ވައްކަމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޖިނާއީ ތަހުގީގު ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށާއި، އެ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ސަބަބު ސާފުކުރުމަށް މަޖިލީހުގެ މެމްބަރަކު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރަން އެސެޓް ރިކަވަރީ ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ފުލުހުންނަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ދެންނެވުމުން އެ ހުރިހާ އިދާރާއަކުން ވެސް އެ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން ވައްކަމާއި ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގަޔާއި، ޝަރުއީ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގައި ކުރީގެ މަސައްކަތް ކުރައްވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ އެހާރާއި، މިހާރު މެމްބަރުކަމުގެ މަގާމުގައި ތިއްބެވި ފަރާތްތަކާއި، ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި، މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް އެ މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހުގެ އިދާރާއާ ހިއްސާކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.



މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު ވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކާ ދައުލަތުގެ އެކި އިދާރާތަކުން ތަހުގީގު ހިންގަމުން ދިޔަ ނަމަވެސް ފާއިތުވި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ތަހުގީގު ކުރެވި، ގެއްލިފައިވާ ފައިސާ ހޯދިފައި ނުވާތީއާއި، އަދި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް ވެސް ހޯދިފައި ނުވާތީ، ގެއްލިފައިވާ ފައިސާ ހޯދުމަށް ކަމާބެހޭ ބޭރުގެ ފަންނީ މާހިރެއް އައްޔަނުކޮށް އެފަރާތާއެކު އެމަސައްކަތް ކުރުމުގެ ބާރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ދިނުމަށް ޕާޓީގެ ގައުމީ މަޖިލީހަށް ޤަރާރެއްވެސް ހުށައަޅާފައެވެ.

އަދި އެމްޑީޕީ ދާއިރާތަކުގެ އިންތިހާބު ބާއްވަން ތައްޔާރުވަމުންދާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ އެއްވެސް ފަރާތަކަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ބުނާ ގަރާރެއްވެސް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅައިގެން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން