ރައީސް ނަޝީދު (ވ) އާއި އިބްރާ (ކ)
ރައީސް ނަޝީދު (ވ) އާއި އިބްރާ (ކ)
މަންދު ކޮލެޖްގެ ޗެއަރމަން އިބްރާހިމް އިސްމާޢީލް (އިބްރާ) އަށްވެސް ހައްޤު ލިބެން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މަންދު ކޮލެޖްގެ އެއްބަސްވުން ޤާނޫނާ ޚިލާފަށް ބާތިލު ކުރުމުން ލިބެންޖެހޭ ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއީއެސް ޢިމާރާތުގައި އިބްރާ ރަނގަޅު ސްކޫލެއް ހިންގަމުން ދަނިކޮށް އެ އެއްބަސްވުން ގޯހުން ބާތިލު ކޮށްފައިވާތީ، އެކަމުގެ ޙައްޤު ބަދަލު އެފަރާތަށް ދޭންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ހައްޤު ބަދަލަކީ ޝަރީއަތުން ކަނޑައަޅަންޖެހޭ އެއްޗެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލްގެ މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދަޢުލަތުން 15 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކުރުމާ ގުޅިގެން، ރައްޔިތުން އަނގަޔާއަތާ ދިމާނުވެގެން އުޅޭއިރުވެސް ބޮޑުންނަށް މިލިއަނުން ފައިސާ ދެމުން ގެންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވެސް ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ.

ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފަ އެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވަނީ މަންދު ކޮލެޖަށް 1.5 މިލިއަން ރުފިޔާ ދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން