ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ލަސްވެއްޖެ ކަމަށް ރައީސް އޮފީހުގެ ލީގަލް ކައުންސެލް ވިދާޅުވި ވާހަކައަކީ ރަނގަޅު ވާހަކައަކަށް ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް އޮފީހުގެ ލީގަލް ކައުންސެލް އަލްއުސްތާޒު އަހްމަދު އަބްދުﷲ އަފީފް ދެއްކެވި ވާހަކައަކީ ރަނގަޅު ވާހަކައަކަށްވުން އެކަށީގެންވާ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ލަސްވެއްޖެ ކަމަށް ލަފާކުރެވޭކަމަށާއި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރާއި އެހެނިހެން ފަރާތްތަކަށް ދޫދޭން ޖެހުމުން އެފަދަ ލަސްކަމެއް ފާހަގަ ވެދާނެ ކަމަށް ރައީސް ނަޝީދު ވިދާލުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ލީގަލް ކައުންސެލް އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ، ދައުލަތުން ގެއްލުން ލިބިފައިވާ މީހުންނަށް ބަދަލު ދޭން ޖެހޭއިރު އެކަމަށް ގާނޫނެއް މުހިންމު ކަމަށެވެ. އަދި މަދަނީ އިޖުރާއަތުގެ ބިލް ސަރުކާރުގެ ފަރާތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަޖިލީހަށް ފޮނުވި ނަމަވެސް އެ ބިލް އޮތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މަޑުޖެހިފައި ކަމަށް އަޙްމަދު ވިދާޅުވިއެވެ.

އަޙްމދުގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ އެކަން ދޮގުކޮށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ. އަދި އެކޮމެޓީގެ ވަކިވަކި މެމްބަރުންވެސް ވިދާޅުވެފައިވަނީ އެ މަސައްކަތް ލަސްވެފައިވަނީ ބިލް ފޮނުއްވުމުގައި ސަރުކާރުން ޢަމަލުކުރި ގޮތުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން