އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތެރެއަށް ވަކިފަރުދަކަށް، ޕާޓީއަކަށް ނޫނީ އަމިއްލަ ޖަމިއްޔާއަކަށް ވަދެވިދާނެ ކަމާމެދު ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ނެރެފައިވާ ބަޔާނެއްގައިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ވައްކަމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ލިސްޓާއެކު އެމައްސަލައިގެ މަޢުލޫމާތު ދަޢުލަތުގެ ހުރިހާ އިދާރާއަކުން ވެސް މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ މަޖިލީހުން ބެލުމުގެ ބާރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ދިނުމަށް ޕާޓީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު މިއަދު ވަނީ ޤަރާރެއްވެސް ހުށައަޅާފައެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވައި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް މިއަދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އަވަސް ކުރުމަށް ބޭނުންވެގެން ހެޔޮ ނިޔަތުގައި އެ މަސައްކަތް ކުރި ނަމަވެސް ކޮންމެ ކަމަކަށްވެސް އުސޫލެއް އޮންނަ ކަމަށެވެ. އަދި ތަޙުޤީޤީ އިދާރާތަކުން ބަލަމުންދާ މައްސަލައެއްގެ ތެރެއަށް އެހެނިހެން ފަރާތްތަކުން ވަދެވިދާނެ ކަމާމެދު އަމީން ވަނީ ސުވާލު އުފައްދަވާފައެވެ.
"ކިތަންމެ އަވަސް ކުރަން އެދުނަސް، ކިތަންމެ ހެޔޮނިޔަތެއް އޮތަސް އަދި ކިތަންމެ މައުސޫމަސް ކޮންމެ ކަމަކަށް ވެސް އުސޫލެއް އޮވޭ. ތަހުގީގީ އިދާރާތައަކުން ބަލާ މައްސަލައެއްގެ ތެރެއަށް ވަކި ފަރުދަކަށް، ޕާޓީއަކަށް، އެންޖީއޯއަކަށް ވަދެވިދާނެބާ؟ އޭރުން ވާނީ ކިހިނެއްބާ؟ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ބުނަނީ ކީކޭބާ؟" އަމީން ވިދާޅުވިއެވެ.
އަމީން މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރަށްވާފައިވާއިރު، އެމްޑީޕީ ރަސްމީ ސިފައެއްގައި އެމައްސަލައިގެ ތެރެއަށް ވެއްދުމަށް ރައީސް ނަޝީދު މިއަދު ވަނީ މަސައްކަތް ފައްޓަވައިފައެވެ.
މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު ވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކާ ދައުލަތުގެ އެކި އިދާރާތަކުން ތަހުގީގު ހިންގަމުން ދިޔަ ނަމަވެސް ފާއިތުވި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ތަހުގީގު ކުރެވި، ގެއްލިފައިވާ ފައިސާ ހޯދިފައި ނުވާތީއާއި، އަދި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް ވެސް ހޯދިފައި ނުވާތީ، ގެއްލިފައިވާ ފައިސާ ހޯދުމަށް ކަމާބެހޭ ބޭރުގެ ފަންނީ މާހިރެއް އައްޔަނުކޮށް އެފަރާތާއެކު އެމަސައްކަތް ކުރުމުގެ ބާރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ދިނުމަށް ޕާޓީގެ ގައުމީ މަޖިލީހަށް ޤަރާރެއްވެސް ހުށައަޅާފައެވެ.

Kithanme avaskuran edhunas, kithanme heyo niyatheh othas adhi kithanme mausoomas konme kamakavves usooleh ove. Thahugygy idhaaraa akun balaa massalaegge thereah vaki farudhakah, party akah NGO akah vadhevidhaanebaa? Eyrun vaanee kihineiybaa? QA aai qaanoonthah bunanee keekeybaa? pic.twitter.com/CM68nG9dao
— Ameen Ibrahim (@ameenmaldives) May 6, 2021
އަމީން މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރަށްވާފައިވާއިރު، އެމްޑީޕީ ރަސްމީ ސިފައެއްގައި އެމައްސަލައިގެ ތެރެއަށް ވެއްދުމަށް ރައީސް ނަޝީދު މިއަދު ވަނީ މަސައްކަތް ފައްޓަވައިފައެވެ.
މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު ވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކާ ދައުލަތުގެ އެކި އިދާރާތަކުން ތަހުގީގު ހިންގަމުން ދިޔަ ނަމަވެސް ފާއިތުވި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ތަހުގީގު ކުރެވި، ގެއްލިފައިވާ ފައިސާ ހޯދިފައި ނުވާތީއާއި، އަދި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް ވެސް ހޯދިފައި ނުވާތީ، ގެއްލިފައިވާ ފައިސާ ހޯދުމަށް ކަމާބެހޭ ބޭރުގެ ފަންނީ މާހިރެއް އައްޔަނުކޮށް އެފަރާތާއެކު އެމަސައްކަތް ކުރުމުގެ ބާރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ދިނުމަށް ޕާޓީގެ ގައުމީ މަޖިލީހަށް ޤަރާރެއްވެސް ހުށައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު