ހަތް ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ހަތަރު ކުންފުންޏަކާ މިއަދު ހަވާލު ކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހާމ،ަކޮށްފައިވާ ގޮތުގައި ށ.ފޭދޫ، ހދ. މަކުނުދޫ، ހދ. ނޭކުރެންދޫ އަދި ހދ. ނެއްލައިދޫގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި ގއ. ނިލަންދޫގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވާއިރު، ކ. ހިންމަފުށީގެ މަސައްކަތް މާކެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ވ. ކެޔޮދޫގެ މަސައްކަތް ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލު ކޮށްފައެވެ.
ފޭދޫ، މަކުނުދޫ، ނޭކުރެންދޫ އަދި ނެއްލައިދޫގެ މަސައްކަތް ނިންމަން އެއްބަސް ވެފައިވަނީ 660 ދުވަހުގެ ތެރޭގައެވެ. އަދި ނިލަންދޫ އާއި ކެޔޮދޫގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަން އެއްބަސް ވެފައިވާއިރު، ހިންމަފުށީގެ މަސައްކަތް ނިންމަން އެއްބަސްވެފައި ވަނީ 450 ދުވަހުގެ ތެރޭގައެވެ.
ދިވެހި ދައުލަތުން 310,827,282.8 ރުފިޔާ ހަރަދު ކުރާ މި މަޝްރޫޢުތަކުގެ އެއްބަސްވުން ތަކުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ޒީނިޔާ އަހުމަދެވެ.

ކިޔުންތެރިންގެ ހިޔާލު