ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މަޖިިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 22:45 ގައެވެ. މި ޖަލްސާގެ އެޖެންޑާ އަދި މަޖިލީހުން ހާމަކޮށްފައިނުވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއާއި ގުޅިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުންވެސް މިވަގުތު ތިއްބެވީ އޭޑީކޭ ހޮސްޕިޓަލްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން