އިއްޔެ އެކަނިވެސް ރާއްޖެއިން 134 ކުޑަކުދިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ރާއްޖޭގައި ކޯވިޑް-19 ގެ ނުރައްކާ ބޮޑުވެފައި ވާއިރު އެޗްއީއޯސީން ރޭ ބުނެފައިވަނީ އިއްޔެ އެކަނިވެސް ރާއްޖެއިން 134 ކުޑަކުދިން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިހާގިނަ ތުއްތުކުދީން ބައްޔަށް ޕޮޒިޓިވް ވުމަކީ ވަރަށް ބޮޑަށް ކަންބޮޑޫވާ ކަމެއް ކަމަށެވެ. ހަމައެއާއެކު މިހާރު އެވްރެޖްކޮށް ދުވާލަކު 80 ކުޑަކުދިން ބައްޔަށް ޕޮޒިޓިވް ވަމުން އަންނަ ކަމަށާއި، މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވިއެވެ. އޭގެތެރެއިން ގިނަ ކުދިންނަށް ބަލިޖެހިފައިވަނީ ޕޮޒިޓިވް ވެފައިވާ އާއިލާ މެމްބަރަކާއި ކޮންޓެކްޓް ވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި މަބްރޫކް ވަނީ ފާހަގަ ކުރަށްވާފައެވެ.
މަބްރޫކް ރޭ ވިދާޅުވީ، ރޯދަމަސް ކަމަށް ވުމުން ވަރަށް ގިނަ ކުޑަކުދިން ހަވީރު ވަގުތު ގުޑިއެރުވުން ފަދަ ކުޅިވަރުތަކުގައި ބޭރުގައި އުޅޭ ކަމަށާއި ނަމަވެސް މިއީ މިދުވަސްކޮޅު ކުރަން އެންމެ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އެޗްއީއޯސީން ބުނެފައިވަނީ، އިއްޔެ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހައިރިސްކް ކެޓަގަރީގެ 20 މީހަކުވެސް ހިމެނޭ ކަމަށެވެ.
އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 230 މީހުންނަށް ފަރުވާދެމުން ގެންދާއިރު، އޭގެ ތެރެއިން 4 މީހަކަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައެވެ. ވެންޓިލޭޓަރުގައި ތިބި މީހުންގެ ތެރެއިން 2 މީހުންނަކީ ޒުވާނުންކަންވެސް އެޗްއީއޯސީން ވަނީ ޢާއްމުންގެ ސަމާލުކަމަށް ގެނެސްފައެވެ.
ރާއްޖޭގައި ކޯވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާއިރު، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިޓީގައި ހުރި 171 އެނދު މިހާރު ފުރިފައިވާ ކަމަށާއި، ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީވެސް ފުލްވެފައިވާ ކަމަށެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ހުރި އިމަޖެންސީ އެނދުތައްވެސް ފުރިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މިހާރު ވަނީ ހޮސްޕިޓަލް ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 8،640 ގައެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 84 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު