ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ކުޅުދުއްފުށީގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގުރޫމްކޮށްގެން ގެސްޓް ހައުސްއަކަށް ގެންދިޔަ ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގްރޫމްކުރުމަކީ ކުޑަކުއްޖާއާމެދު ޖިންސީ ގޯނާގެ އަމަލެއް ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކުރުމެވެ. ގުރޫމް ކޮށްގެން ރޭޕް ކުރަނީ ނުވަތަ ޖިންސީ ގޯނާ ކުރަނީ މާ ދުރާލާ ރާވައިގެން ކުއްޖާގެ ބޮލުތެރެއަށް ވަދެ ހައްލާލައިގެން ގިނަ ދުވަހުން އެކަމަށް ފުރުސަތު ފަހިކޮށްގެންނެވެ.

ރޭ ދަންވަރު 18 އަހަރު ނުވާ އަންހެން ކުއްޖަކު ގުރޫމްކޮށްގެން ގެސްޓް ހައުސަކަށް ގެންގޮސްފައިވަނީ ސިފައިންގެ މީހެކެވެ. އެމީހާ އަންހެން ކުއްޖާ ގޮވައިގެން ގެސްޓް ހައުސް ތެރޭގައި އޮއްވައި އެރަށުގެ ރައްޔިތުން ވަނީ އެ ސަރަހައްދަށް އެއްވެ އަޑުގަދަކޮށްފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބުނެފައިވަނީ ވަނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމް ކޮށްފި މީހާގެ އަދަބަކީ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުއްޖާ ގްރޫމް ކުރުމުގެ ކުށް ކުރަނީ އެކުއްޖާ އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކުނަމަ، އެ ކުށުގެ އަދަބަކީ 15 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކު ގްރޫމްކުރާނަމަ، އެ ކުށުގެ އަދަބަކީ ފަސް އަހަރަށް ޖަލަށް ލުމެވެ.

އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އުމުުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން