އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ނަން އޮތް ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި މީހުން ތަހުގީގު ނިމެންދެން މަގާމުން އެކަހެރި ކުރަން އެންގުމަށް އެމްއެމްޕީއާރުސީ މައްސަލައިގެ ދިރާސާ ރިޕޯޓުގައި ހިމަނަން ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މައްސަލަ ދިރާސާ ކުރަމުންދާއިރު އެމްއެމްޕީއާރުސީ ލިސްޓުގައި ނަންއޮތް ފަރާތްތަކުން މަޤާމުތަކުގައި ދެމި ތިބޭނަމަ އެއީ މައްސަލައިގެ ތަޙުޤީޤަށް ނުފޫޒު ފޯރުވުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އޭގެއިތުރުން އީވާ ވަނީ ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށް ކޮމިޓީ ރިޕޯޓުގައި ހިމެނުމަށް ހުށައަޅާފައެވެ. އީވާ ހުށަހެޅުއްވި ހުށަހެޅުންތަކަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ ތާއީދު ކުރައްވާފަ އެވެ. ހިޔާނާތުގެ މައްސަލަ ބަލަމުންދާ ކޮމިޓީއަށް އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު، އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ވަނީ ފޮނުވާފައެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާއިރު މި ލިސްޓް އާންމު ކުރުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.
ރޭގެ ވަގުތެއްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބަލަމުންދާ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ނާއިބް މުގައްރިރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އެކޮމިޓީން އިސްތިއުފާ ދެއްވާފައެވެ. އަލީ އާޒިމް ކޮމިޓީއިން އިސްތިއުފާ ދެއްވާފައިވާއިރު ބައެއް މީޑިއާތަކުން ވަނީ އަލީ ޢާޒިމްގެ މަސްލަޙަތު އޮންނަ ކުންފުންޏެއްގެ ނަން ވެސް އެލިސްޓުގައި ހިމެނޭ ކަމަށް ރިޕޯޓްކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ ލިސްޓަށް މިހާރު 14 މީހަކު އިތުރުވެފައިވާއިރު، އެ ލިސްޓުގައި މިހާރު 281 މީހުންގެ ނަން ހިމެނެއެވެ. ކުރިން ތަހުގީގީ އިދާރާތަކުން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަން ލިސްޓްގައި ހިމެނެނީ 267 މީހެއްގެ ނަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު