މި މަހުގެ 17 ވަނަ ދުވަހު ހުވާކުރުމަށް ތައްޔާރުވަމުންދާ ކައުންސިލަރުން ހުވާ ކުރުމުގެ ކަންކަން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ ޙާލަތު ގޯސްވެފައިވީ ނަމަވެސް ކައުންސިލަރުން ހުވާކުރުމުގެ ކަންތައްތައް ފަސް ކުރެވެން ނެތް ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވެ އަހަރެއް ވުމާ ގާތްވެފައިވާ ކަމަށާއި، އަދި ގިނަ ކައުންސިލްތަކެއްގައި ކައުންސިލްގެ ޢަދަދު ފުރިހަމަވާވަރަށް ކައުންސިލަރުންވެސް ނެތް ކަމަށެވެ.
އެހެންކަމުން ކުރިންވެސް ކަނޑައަޅާފައިވާ ގޮތަށް މިމަހުގެ 17 ވަނަ ދުވަހު ކައުންސިލަރުން ހުވާ ކުރުން ކުރިއަށް ދާނެ ކަމަށާއި، ނަމަވެސް މިފަހަރު އާ ކައުންސިލަރުން ހުވާކުރުމުގެރަސްމިއްޔާތު ކުރިއަށްގެންދާނީ އޮންލައިންކޮށް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މިފަހަރު ހުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ކަމަށާއި، ފަނޑިޔާރުން ނެތް ރަށްރަށުގައި ކައުންސިލަރުންނަށް ހުވައިލައިދޭ ފަނޑިޔާރު ވެސް ބައިވެރިވާނީ އޮންލައިންކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ، ހުވާކުރުމުގެ ރަސްމިއްޔާތުގައި އާންމުންނަށް ބައިވެރިނުވެވޭނެ ކަމަށެވެ.
ކައުންސިލް އިންތިޚާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން ކައުންސިލްތަކުގެ އިންތިހާބު ކުރަން ޖެހޭ 982 ކައުންސިލަރުންގެ ތެރެއިން އެމްޑީޕީއަށް ލިބިފައިވަނީ 400 ގޮނޑި އެެވެ. އަދި ޕީޕީއެމްއަށް ލިބިފައިވަނީ 325 ގޮނޑި އެވެ. ޖުމްހޫރީ ޕާޓީއަށް 11 ލިބިފައިވާއިރު އަދާލަތަށް ލިބިފައިވަނީ 11 ގޮނޑި އެވެ. އެމްއާރުއެމްއަށް ލިބިފައިވަނީ، އެއް ގޮނޑި އެވެ. އަދި އެމްޑީއޭ އަށް 16 ގޮނޑި ލިބިފައިވާއިރު އެމްއެލްއެސްޑީޕީން ވެސް އެއް ގޮނޑި ކާމިޔާބު ކޮށްފައިވެއެވެ. އޭގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރި 173 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރި އެވެ.
ސިޓީތަކުން އެމްޑީޕީއަށް ލިބިފައިވަނީ، 25 ގޮނޑި އެވެ. އޭގެ ތެރޭގައި ތިން ސީޓީގެ މޭޔަރުކަން ހިމެނެ އެވެ. އެއީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީ އަދި ފުވައްމުލަށް ސިޓީ އެވެ. މާލެ ސީޓީގެ މޭޔަރުކަން ލިބިފައިވަނީ ޕީޕީއެމްއަށެވެ. މާލެ ސިޓީން ޕީޕީއެމްއިން 11 ގޮނޑި ނަގާފައިވެއެވެ. ސިޓީތަކުން ޖުމްލަ 17 ގޮނޑި ޕީޕީއެމްއަށް ލިބިފައިވެއެވެ. އަދި އެމްޑީޕީން ވަނީ 11 އަތޮޅު ރައީސްކަން ހޯދާފަ އެވެ. ޕީޕިއެމްއަށް ލިބެނީ ހަތް އަތޮޅު ރައީސްކަމެވެ.

ކިޔުންތެރިންގެ ހިޔާލު