ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ) އާއި ރައީސް ޞާލިޙް (ވ)
ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު (ކ) އާއި ރައީސް ޞާލިޙް (ވ)
އެމްއެމްޕީއާރުސީ ވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން ޚިޔާނާތުގެ ލިސްޓު ދިރާސާކޮށް ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، އެ ލިސްޓު ޢާއްމު ކުރަން ވާނީ އޭގެ ތެރޭގައި ދަޢުވާ ނުކުރާ މީހަކު އޮތްކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ އިޒްނަ ނެތި ލިސްޓު ޢާއްމު ކުރުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފްވެސް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ލިސްޓް ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް މަޖިލީހުން އުނިކުރަން އުޅުމަކީ ޣައިރުދުސްތޫރީ ކަމެއް ކަމަށެވެ. އަދި ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް ލިބިގެން ނުވާކަމަށްވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

"މިވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް ވަނީ، އެމްއެމްޕީއާރްސީގެ ލިސްޓް އާންމު ކުރުމަށް ގޮވުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ވާހަކައާއި، 241 ކޮމިޓީއަށް އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމްގެ ބަދަލުގައި އީވާ ޢަބްދުﷲ ހަމަޖެއްސި ޚަބަރުގެ ސްކްރީން ޝޮޓެއް ހިއްސާ ކުރަށްވާފައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ ލިސްޓަށް މިހާރު 14 މީހަކު އިތުރުވެފައިވާއިރު، އެ ލިސްޓުގައި މިހާރު 281 މީހުންގެ ނަން ހިމެނެއެވެ. ކުރިން ތަހުގީގީ އިދާރާތަކުން ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަން ލިސްޓްގައި ހިމެނެނީ 267 މީހެއްގެ ނަންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން