ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ޖެންޑަރ މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޖެންޑަރ މިނިސްޓްރީން މިރޭ ބުނެފައިވަނީ، ދައުލަތުގެ ބެލުމުގެދަށުގައި ތިބި މީހުންނާއި ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާތީ އެކަން އުފަލާއެކު ބަލައިގަންނަ ކަމަށެވެ. އަދި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ކުޑަކުދިންގެ ހިޔާގެ އިތުރުން ފިޔަވަތި އަދި ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުުންގެ މަރުކަޒުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
އެގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ބަނޑޭރިޕޯޓަލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް އާންމު ގޮތެއްގައި ބައެއް ކުންފުނިތަކާއި ޖަމިއްޔާ، ޖަމާއަތްތަކުން އެހީތެރިކަން ފޯރުކޮށްދެނީ އެފަދަ ފަރާތްތަކުގެ އިޖުތިމާޢީ ޒިންމާއަށް ކަނޑައަޅާފައި އޮންނަ ބައިންނެވެ. މީގެއިތުރުން ބައެއް ކުންފުނި ތަކުންނާއި ޖަމިއްޔާ، ޖަމާއަތްތަކުން އެކި ހަރަކާތްތައް ހިންގައިގެން ފައިސާ އެއްކޮށްގެން މަދުން ނަމަވެސް އެތަންތަނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް އެހީ ތެރިކަން ފޯރުކޮށްދޭން ބޭނުން ކޮންމެ ފަރާތަކަށް ފަސޭހައިން އެކަން ކުރެވޭނެ މިފަދަ ދޮރެއް މީގެކުރިން ހުޅުވައިދީފައެއް ނުވެއެވެ.

ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުުންގެ މަރުކަޒުގައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ
— Ministry of Gender, Family and Social Services (@MoGFSSmv) May 11, 2021
އިތުރު މަޢުލޫމާތު: https://t.co/5Bd9P9ySqa
އެގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ބަނޑޭރިޕޯޓަލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް އާންމު ގޮތެއްގައި ބައެއް ކުންފުނިތަކާއި ޖަމިއްޔާ، ޖަމާއަތްތަކުން އެހީތެރިކަން ފޯރުކޮށްދެނީ އެފަދަ ފަރާތްތަކުގެ އިޖުތިމާޢީ ޒިންމާއަށް ކަނޑައަޅާފައި އޮންނަ ބައިންނެވެ. މީގެއިތުރުން ބައެއް ކުންފުނި ތަކުންނާއި ޖަމިއްޔާ، ޖަމާއަތްތަކުން އެކި ހަރަކާތްތައް ހިންގައިގެން ފައިސާ އެއްކޮށްގެން މަދުން ނަމަވެސް އެތަންތަނަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ނަމަވެސް އެފަދަ ފަރާތްތަކަށް އެހީ ތެރިކަން ފޯރުކޮށްދޭން ބޭނުން ކޮންމެ ފަރާތަކަށް ފަސޭހައިން އެކަން ކުރެވޭނެ މިފަދަ ދޮރެއް މީގެކުރިން ހުޅުވައިދީފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު