އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު
މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅުއްވައިފި އެވެ.

މިއަހަރުގެ ފިޠުރު ޢީދު ދުވަހުގެ ހަނދާ ބެހޭ ރަސްމީ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ، މިއަދު އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް، 1441 ވަނަ އަަހަރުގެ ޝައްވާލުމަހުުގެ ހަނދު ފެންމަތި ނުވާތީ މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މި މަހުގެ 13 ވާ ބުރާސްފަތި ދުވަސް ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އިސްލާމީ ޤައުމުތަކަށްވެސް މިއަހަރުގެ ޝައްވާލު މަހުގެ ހަނދު މިރޭ ނުފެންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އެހެންކަމުން މާދަމާ އަކީ ރަމަޝާން މަހުގެ 30 ވަނަ ދުވަސް ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން