މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާނަމަ މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ލީކްކޮށްލާފައިވާ ލިޔުންތަކުން އެގޭގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ މެންބަރު ޝަރީފަށްވެސް ވަނީ ލިބިވަޑައިގެންފައެވެ. މިލިސްޓްގެ ސައްހަކަމާމެދު އަދި ރަސްމީ ފަރާތަކުން ބަހެއް ބުނެފައި ނުވި ނަމަވެސް މިލިސްޓުގައި ނަން ހިމެނިފައި އޮތުމުން އެކަމަށް އިންކާރު ކުރަށްވައި ޝަރީފް ވިދާޅުވީ މިއީ ވަކި މީހަކަށް ޓާގެޓްކޮށްގެން ސިޔާސީ ބޭނުމަކަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ އޭނާ މަޖިލީހުގައި ވޯޓު ދެއްވަނީ ޕާޓީ ވިޕާއި އެއްގޮތަށް ކަމަށާއި، ރިކޯޑް ބައްލަވާލެއްވީމާ އެކަން ސާފުވާނެ ކަމަށެވެ.

"އަޅުގަނޑަށް ތީން އެއްވެސް ފައިސާއެއް ލިބިފައިވާނަމަ އަޅުގަނޑު ވަގުތުން އިސްތިއުފާ ދިނީމުސް." ޝަރީފް ވިދާޅުވިއެވެ.



އެމްއެމްޕީއާރްސީގެ މައްސަލަ ބަލާ އެފައިސާގައި ޖެހިފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ އެމްޑީޕީން ވެފައިވާ ވައުދެއް ކަން ފާހަގަކޮށްލެވެއެވެ. މި މައުލޫމާތުތައް ލީކުވީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް މަޖިލީހުގެ 241 ކޮމިޓީއަށް ހިއްސާ ކޮށްފައި ވަނިކޮށެވެ. ޚިޔާނާތުގެ ލިސްޓް ހާމަކުރަން އެމްޑީޕީގެ އިސްބޭފުޅުން ކުރިން ގޮވާލި ނަމަވެސް އެ ޚިޔާނާތުގެ ލިސްޓް މަޖިލީހަށް ހަމަ ލިބުމާއެކު އެބޭފުޅުންގެ ރާގުވަނީ ކުއްލިއަކަށް ބަދަލުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން