ސޯޝަލްމީޑިއާގައި މިހާރު ލީކު ކޮށްލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތްތެރިންގެ ލިސްޓުގައި ނަން އޮތް ނަމަވެސް ޚިޔާނާތުގެ ފައިސާ ލިބިވަޑައިނުގަންނަވާ ކަމަށް އަދީބުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ލީކު ކޮށްލާފައިވާ ލިސްޓުގައިވާގޮތުން ފިނިފެންމާ ލޯންޗުގައި ބޮމެއް ގޮއްވާލައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ހައްޔަރު ކުރުމުން ވަކީލު ފީގެ ގޮތުގައި ޝަމީމަށް 3 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވާނެ ކަމަށް މުހައްމަދު އައްލާމް ލަތީފް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން އުސްތާޛު ޝަމީމް ވިދާޅުވީ، މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ފަރާތުން ވެސް އަދި އެމްއެމްޕީއާރްސީގައި މަސައްކަތް ކުރި އެއްވެސް މީހެއްގެ ފަރާތުން އޭނާއަށް ފައިސާތަކެއް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު އަދީބުގެ ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު "ލޯޔަރު ފީ" ލިބިވަޑައިގެންފައިވާ ގޮތެއް އޭނާ ހާމަކުރަށްވާފައެއް ނުވެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި އެފައިސާގައި ޖެހިފައިވާ މީހުންގެ ލިސްޓް މަޖިލީހުގެ 241 ކޮމިޓީން ވަނީ ދިރާސާ ކޮށްފައެވެ. އެލިސްޓުގައި ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކެއްގެ ނަން ހިމެނިފައިވެއެވެ. މަޖިލީހުން މިހާރުވަނީ ޚިޔާނާތްތެރިންގެ ލިސްޓާއެކު ކޮމިޓީ ރިޕޯޓް ފާސްކޮށް އެ ރިޕޯޓް އަންނަ ދައުރުގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައެވެ.
ރައީސް ޔާމިނަށް އަމާޒުކޮށް ފިނިފާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން އަދީބާއި ދެކޮޅަށް ކުރެވުނު ތުހުމަތު ތަކާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ކުރެއްވީ މިހާރުގެ ޕީޖީ ޝަމީމެވެ. މިމައްސަލައިގައި އޭނާ ވަނީ އެދެބޭފުޅުން ދިފާޢު ކުރަށްވައި އޭރު ވަރަށް ގިނައިން މީޑިއާއަށް ވެސް މައުލޫމާތު ދެއްވާފައެވެ. މީގެއިތުރުން މިމައްސަލައާއި ގުޅިގެން ޝަމީމު ރާއްޖެއިން ބޭރަށް ވަޑައިގެން އެފަރާތްތަކާއެކު މަސައްކަތް ކުރަށްވައި ފައިސާތަކެއް ހޯއްދެވި ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން ބާ ކައުންސިލަށްވެސް މީގެކުރިން ހުށައެޅިއެވެ.

There is journalism (with ethics) and then there’s a Dhiyares. 🤦🏼♂️
— Hussain Shameem (@HuShameem) May 11, 2021
False allegations about me receiving money from Allam or anyone at MMPRC. #Fakenews
އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި އެފައިސާގައި ޖެހިފައިވާ މީހުންގެ ލިސްޓް މަޖިލީހުގެ 241 ކޮމިޓީން ވަނީ ދިރާސާ ކޮށްފައެވެ. އެލިސްޓުގައި ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކެއްގެ ނަން ހިމެނިފައިވެއެވެ. މަޖިލީހުން މިހާރުވަނީ ޚިޔާނާތްތެރިންގެ ލިސްޓާއެކު ކޮމިޓީ ރިޕޯޓް ފާސްކޮށް އެ ރިޕޯޓް އަންނަ ދައުރުގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައެވެ.
ރައީސް ޔާމިނަށް އަމާޒުކޮށް ފިނިފާ ލޯންޗްގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން އަދީބާއި ދެކޮޅަށް ކުރެވުނު ތުހުމަތު ތަކާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ދިފާޢީ ވަކީލެއްގެ ގޮތުގައި ފުރަތަމަ މަސައްކަތް ކުރެއްވީ މިހާރުގެ ޕީޖީ ޝަމީމެވެ. މިމައްސަލައިގައި އޭނާ ވަނީ އެދެބޭފުޅުން ދިފާޢު ކުރަށްވައި އޭރު ވަރަށް ގިނައިން މީޑިއާއަށް ވެސް މައުލޫމާތު ދެއްވާފައެވެ. މީގެއިތުރުން މިމައްސަލައާއި ގުޅިގެން ޝަމީމު ރާއްޖެއިން ބޭރަށް ވަޑައިގެން އެފަރާތްތަކާއެކު މަސައްކަތް ކުރަށްވައި ފައިސާތަކެއް ހޯއްދެވި ކަމަށް ބުނާ މައްސަލައެއް އަމިއްލަ ފަރާތަކުން ބާ ކައުންސިލަށްވެސް މީގެކުރިން ހުށައެޅިއެވެ.
ކިޔުންތެރިންގެ ހިޔާލު