މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު މިއަދު ގޮވާލައްވައިފިއެވެ.

ޚިޔާނާތުގެ ލިސްޓު ދިރާސާކުރަމުންދާ މަޖިލީހުގެ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މެންބަރު އާދަމް ޝަރީފް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ލިސްޓާމެދު ސުވާލު އުފެދޭ ކަމަށާއި، އެކޮމިޝަނަށް ނުފޫޒު ފޯރާފައިވާކަމަށް ޤަބޫލު ކުރެއްވޭ ކަމަށެވެ. އަދި ކޮމިޝަންގެ ރައީސަކަށްވެސް ހުންނެވީ ޚިޔާނާތުގެ ތުހުމަތެއް ކުރެވޭ ފަރާތެއް ކަމަށް ވާތީ އެ ކޮމިޝަން އުވާލުމަށް ނުވަތަ ކޮމިޝަންގެ މެމްބަރުން ބަދަލު ކުރުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

އާދަމް ޝަރީފަށް ރައްދު ދެއްވަމުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މަޖިލީހުން ލިސްޓު ޢާއްމު ކުރުމަށް މަސައްކަތް ފެށުމުން އެކިއެކި ލިސްޓުތައް ނެރެގެން މަސައްކަތް ފެށި ނަމަވެސް ކޮމިޓީން އުނިއިތުރެއް ނުގެނަސް ލިސްޓް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

މަޖިލީހުގެ ކޮމިޓީން ލިސްޓު ހާމަކުރުމަށް ނިންމާފައިވާއިރު، ޚިޔާނާތުގެ ލިސްޓް ކަމަށް ބުނާ ލިސްޓެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ނަމަވެސް މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ލީކްވެފައިވާ ލިސްޓާއި، ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ތަފާތު ތަކެއް ހުރި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން