އެމްއެމްޕީއާރުސީ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުން
އެމްއެމްޕީއާރުސީ މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުން
ހިޔާނާތުގެ ލިސްޓު މަޖިލީހުން ކުޑައިރުކޮޅެއްގެ ތެރޭގައި އާންމުކުރަން ނިންމައިފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަ ބަލަމުން ދަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އަކުންނެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ ރިޕޯޓާއެކު ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ އަސްލު ލިސްޓް އާންމުކުރުމަށެވެ. ކޮމިޓީގެ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މްނަބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓަށް މަޖިލީހުން އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ ޚިޔާނާތުގެ ލިސްޓް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޢާއްމުވެގެން ދާނެ ކަމަށާއި، އެ ލިސްޓުގައި ގާތްމީހުންނާއި ދުރުމީހުން ތިބި ނަމަވެސް މަޖިލީހުން އިސްކުރާނީ ރައްޔިތުންގެ އާއްމު މަސްލަޙަތު ކަމަށެވެ. އެހެންކަމުން ލިސްޓް ޢާންމުކުރަން މަޖިލީހުން ފަސް ނުޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށްޓަކާ ދައުލަތުގެ އެކި އިދާރާތަކުން ތަހުގީގު ހިންގަމުން ދިޔަ ނަމަވެސް ފާއިތުވި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ގޮތަކަށް ތަހުގީގު ކުރެވި، ގެއްލިފައިވާ ފައިސާ ހޯދިފައި ނުވާތީއާއި، އަދި ޚިޔާނާތުގައި ބައިވެރިވި ފަރާތްތައް ވެސް ހޯދިފައި ނުވާތީ، ގެއްލިފައިވާ ފައިސާ ހޯދުމަށް ކަމާބެހޭ ބޭރުގެ ފަންނީ މާހިރެއް އައްޔަނުކޮށް އެފަރާތާއެކު އެމަސައްކަތް ކުރުމުގެ ބާރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ދިނުމަށް ޕާޓީގެ ގައުމީ މަޖިލީހަށް ޤަރާރެއްވެސް ހުށައަޅާފައެވެ.

ނަމަވެސް އެ ޤަރާރު ހުށައަޅުއްވައި، އެމއެމްޕީއާރުސީގެ ޚިޔާނާތްތެރިންގެ ލިސްޓު މަޖިލީހަށް ލިބުނު ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާއެއްގައި ފުރާނައަށް ނުރައްކާވާފަދަ ޒަޚަމްތަކެއް ލިބިވަޑައިގެން އެމަނިކުފާނަށް ހޮސްޕިޓަލްގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން