ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ރަން ޒަމާނުގައި އުފަންދުވަހުގެ ކޭކު ފަޅަނީ
ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ރަން ޒަމާނުގައި އުފަންދުވަހުގެ ކޭކު ފަޅަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ޢާއްމުކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި އެފައިސާގައި ޖެހިފައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ އެމްޑީޕީން ވެފައިވާ ވައުދެކެވެ. އެ ވަޢުދު ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ފެއްޓެވި މަސައްކަތުގެ ދަށުން ޚިޔާނާތުގައި ބައިވެރިވި ފަރާތްތަކުގެ ލިސްޓު ވަނީ އެމައްސަލަ ތަޙުޤީޤު ކުރަމުންދިޔަ އެސެޓް ރިކަވަރީ ކޮމިޝަން މެދުވެރިކޮށް މަޖިލީހަށް ހޯއްދަވާފައެވެ. މަޖިލީހުން މިއަދު ޢާއްމު ކޮށްފައިވާ ލިސްޓުގައި ޖުމްލަ 281 މީހުންގެ ނަން ހިމަނާފައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަ ބަލަމުން ދަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އަކުންނެވެ. ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ ރިޕޯޓާއެކު ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ އަސްލު ލިސްޓް އާންމުކުރުމަށެވެ. ކޮމިޓީގެ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މްނަބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓަށް މަޖިލީހުން އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތްތެރިންގެ ލިސްޓު މަޖިލީހަށް ލިބުނު ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާއެއްގައި ފުރާނައަށް ނުރައްކާވާފަދަ ޒަޚަމްތަކެއް ލިބިވަޑައިގެން އެމަނިކުފާނަށް ހޮސްޕިޓަލްގައި އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. މަޖިލީހުން މިއަދު ޢާއްމު ކުރި ލިސްޓުގައި އެމްޑީޕީއާއި ރާއްޖޭގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ އިސް ބޭފުޅުންގެ ނަންތައް ވެސް ހިމެނިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން