ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓުގައި މިދިޔަ ކައުންސިލް އިންތިހާބުގައި އައްޑޫ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އަލީ ނިޒާރާއި މާލޭ ސިޓީ ހުޅުމާލޭ ދާއިރާގެ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހިމެނޭކަން ހާމަވެއްޖެއެވެ.
ލިސްޓުގައި ނަން ހިމެނިފައިވާތީ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މިއީ ޖޯކަރު ލިސްޓެއް ކަމަށާއި، ލިސްޓް ހެދީ ވެސް ޖޯކަރުން ތަކެއް ކަމަށެވެ. ޝުޖާއު ވިދާޅުވީ، ދައުލަތް ދަވާލި ބައެއް ކުރިމައްޗަށް އަރާ މި ސަރުކާރުން ބޭނުންވާ ބައެއްގެ ނަން އެމީހުން ލައްވާ ބުނެވުނު އިރު، މި ދައުލަތަށް މި ވައްކަން ކުރި މީހުން ރާއްޖޭން ބޭރުން ނުގެނެވުނު ކަމަށެވެ. އަދި ދިވެހިންނަށް ވާނުވާ އެނގޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ލިސްޓުގައި ޝުޖާއުގެ ނަން ހިމެނިފައި ވަނީ ދަޢުވާ ކުރުމުގެ މަރުޙަލާގައެވެ.
ޚިޔާނާތުގެ ލިސްޓުގައި ނަން ހިމެނިފައިވާތީ އައްޑޫގެ އިންތިޚާބީ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ އޭނާގެ ނަން ހިމަނައި މަޖިލީހުން ނެރެފައިވާ ލިސްޓަކީ އަބުރު ކަތިލަން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އަދި އިންފޮމޭޝަން ކަލެކްޝަން ޖަހައި ވަގެއް ކަމަށް ނިންމައި މީހުން ބަދުނާމު ކުރެވިގެން ނުވާނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ، "ފެއިލް ވެފައިވާ ދައުލަތެއްގެ ސިފަ މިދަނީ ސާފު ވަމުން" ކަމަށެވެ.
ކޮމެޓީ ރިޕޯޓުގައި ވަނީ، އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަޤާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ޙުކުމަކުންކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށެވެ.

ޖޯކަރު ލިސްޓް ހެދީ ވެސް ޖޯކަރުން ތަކެއް.ދައުލަތް ދަވާލި ބައެއް ކުރިމައްޗަށް އަރާ މި ސަރުކާރުން ބޭނުންވާ ބައެއްގެ ނަން އެމީހުން ލައްވާ ބުނެވުނު އިރު،މި ދައުލަތައް މި ވައްކަން ކުރި މީހުން ރާއްޖޭން ބޭރުން ނުގެނެވުނު!ބަލަ ދިވެހިންނަށް ވާނުވާ އެބަ އެގެޔޭ.މޮޔަނުވެބަލަ.
— Ibrahim Shujau 💙 (@shuja3831) May 12, 2021
ޚިޔާނާތުގެ ލިސްޓުގައި ނަން ހިމެނިފައިވާތީ އައްޑޫގެ އިންތިޚާބީ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ އޭނާގެ ނަން ހިމަނައި މަޖިލީހުން ނެރެފައިވާ ލިސްޓަކީ އަބުރު ކަތިލަން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އަދި އިންފޮމޭޝަން ކަލެކްޝަން ޖަހައި ވަގެއް ކަމަށް ނިންމައި މީހުން ބަދުނާމު ކުރެވިގެން ނުވާނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ، "ފެއިލް ވެފައިވާ ދައުލަތެއްގެ ސިފަ މިދަނީ ސާފު ވަމުން" ކަމަށެވެ.
Alhugandu ge nan himanai Majlis in nerefaivaa list akee aburu kathi lan hingaafai vaa jareemaa eh. "Information collection" jahai vagei kamah nimmai meehun badhunaam kurevigen nuvaane. Fail vefai vaa dhaulathei ge sifa saafu vamun mi dhanee. @evattey @Imthiyazfahmy pic.twitter.com/PolA1rYiGU
— Ali Nizar (@DhekunuNizar) May 12, 2021
ކޮމެޓީ ރިޕޯޓުގައި ވަނީ، އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަޤާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ޙުކުމަކުންކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު