ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓުގައި މިހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފްގެ ނަން ހިމެނޭކަން ހާމަވެއްޖެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާއި ޙިއްސާކޮށްފައިވާ ލިސްޓުގައިވާ ގޮތުން މަހްލޫފްގެ މައްސަލައިގައި ތަޙުޤީޤު ނިންމާ މިހާރު އޮތީ ދަޢުވާ ކުރުމުގެ މަރުޙަލާގައެވެ. ލިސްޓުގައި މަޙްލޫފްގެ ނަން ހިމެނިފައިވީ ނަމަވެސް އެކަމާމެދު އޭނާ އަދި ބަހެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މިމައްސަލައިގައި ކުރިންވެސް މަހްލޫފް ޒިންމާތަކުން ދުރުކޮށްފައި ބެހެއްޓިއެވެ. ނަމަވެސް ފަހުން ވަނީ މައްސަލައެއް ނެތްކަމަށް ނިންމުމަށްފަހު އަނބުރާ ވަޒީފާއަށް ނެރެފައެވެ.
ކޮމެޓީ ރިޕޯޓުގައި ވަނީ، އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤު ލަސްވެފައިވާކަމާއި، ރިޕޯޓުގެ "ޖަދުވަލު-2" ގައި ހިމަނާފައިވާ ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ މިހާރު މަސައްކަތްކުރަމުންދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮންނާނޭ ފަރާތްތަކެއްކަމަށްވާތީ، މި މައްސަލައިގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށް ނިންމާފައެވެ.
އަދި އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ތަޙްޤީޤު ނިމިފައިވާ ފަރާތްތަކުގެ އަތުން އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާގައި ދެންނެވުމަށް ފެންނަކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދާގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިއުމަށް ފެންނަކަމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން ކޮމެޓީން ނިންމާފައިވަނީ، އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް ފެންނަކަމަށާއި، އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުގެ ތެރެއިން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު