މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު (ކ) އާއި، ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު (ވ)
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު (ކ) އާއި، ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު (ވ)
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓުގައި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ލިސްޓުގައި ނުހިމެނެނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރާއި، ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު އެކަންޏެވެ.

މަޖިލީހުން ޢާއްމުކޮށްފައިވާ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރުން ހިމެނޭއިރު އޭގެ ތެރޭގައި އެމްޑީޕީ މެމްބަރުންނާއި ޕީޕީއެމް/ ޕީއެންސީ މެންބަރުން އަދި ޖުމްހުރީ ޕާޓީގެ މެންބަރުން ހިމެނެއެވެ.

މިހާރު މަޖިލީހުގައި ތިއްބެވި ޕީޕީއެމް/ޕީއެންސީގެ ދެ މެމްބަރުން ފިޔަވައި ހުރިހާ މެމްބަރުން ލިސްޓުގައި ހިމެނިފައިވެއެވެ. އެގޮތުން މާވަށު ދާއިރާގެ މުހައްމަދު ސައީދާއި، ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫނާއި، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އާއި، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު މުހައްމަދު ހުސައިން ލަތީފު (ސެމްބެ) އާއި، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި، ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ގެ ނަން ލިސްޓުގައި ހިމެނިފައިވެއެވެ.

މަޖިލީހުގެ ކޮމެޓީ ރިޕޯޓުގައި ވަނީ، އިންތިޚާބީ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުން ވަކި ކުރެވޭނީ އެ ފަރާތެއް އަމިއްލައަށް އެ މަޤާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ޙުކުމަކުންކަމަށްވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން