އެމްޑީޕީ މާލޭ ދާއިރާގެ ރައީސް އަކްރަމް ކަމާލުއްދީން (މ)
އެމްޑީޕީ މާލޭ ދާއިރާގެ ރައީސް އަކްރަމް ކަމާލުއްދީން (މ)
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓުގައި އެމްޑީޕީގެ މާލޭ ދާއިރާގެ މިހާރުގެ ރައީސް އަކްރަމް ކަމާލުއްދީން ހިމެނޭކަން ހާމަވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުގައި މިހާރުގެ ޕްލޭނިންގ މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައިވެސް ހުންނެވި އަކްރަމްގެ ނަން ހިމެނިފައިވާއިރު އޭނާގެ މައްޗަށް މަދަނީ ދަޢުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަކްރަމް ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިފަހަރުގެ އިންތިޚާބުގައިވެސް މާލޭ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައެވެ.

ނަމަވެސް އެމްޑީޕީގެ ޤައުމީ ހިންގާކޮމިޓީން ނިންމާފައިވަނީ ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އެޕާޓީގެ އިންތިޚާބުތަކުގައި ވާދަނުކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ކޮމެޓީން ނިންމާފައިވަނީ، އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް ފެންނަކަމަށާއި، އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުގެ ތެރެއިން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން