އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން ރައީސް ޢަބްދުﷲ ޔާމީންގެ ގެކޮޅަށް ވެއްދިކަމަށް އިއުތިރާފްވެވަޑައިގެންނެވި ފައިސާއަށް ހެދި ގޮތެއް ދަޢުލަތުން ބަލަން ޖެހޭ ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިއޮތް އިރު އޭގެ ތެރޭގައި ތަހުގީގީ މަރުހަލާ ހިނގަމުންދާ ނަންތަކާއި މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ހިމެނޭ ފަރާތްތަކުގެ ނަންތައްވެސް ހިމެނެއެވެ.
މެމްބަރު ނިހާދު މިއަދު ވިދާޅުވީ، މިހާތަނަށް ހުރިހާ ތަހުޤީޤީ އިދާރާތަކުންވެސް ދައްކަނީ މީސްމީހުންގެ އެކައުންޓަށް ވަތް ފައިސާގެ ވާހަކަ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ އަމިއްލަ ގެކޮޅަށް ނަގުދު ފައިސާ ވެއްދި ކަމަށް ރައީސް ޔާމީން އިޢުތިރާފް ވެވަޑައިގެންފައިވާ ކަމަށް ނިހާދު ވިދާޅުވިއެވެ. އެހެން ކަމުން ދަޢުލަތުން އެ މައްސަލަ ބަލަންޖެހޭ ކަމަށް ނިހާދު ވިދާޅުވިއެވެ.
"ރައީސް ޔާމީން އަމިއްލައަށް ބުނެފަ އެބައޮތް ދޫވެއްސަށް ވަތް ފައިސާ ހަލާލު ނޫން ކަމަށް. ކޮބާ އެ ނަގުދު ފައިސާ؟ ރައީސް ޔާމީން އޭގެން ކީއްކުރީ؟ އޭގެން ކޮން ވިޔަފާރިއެއް ކުރަނީ؟ އެ މައްސަލަ ބަލަނީ ކާކު؟" - ނިހާދު ސުވާލު އުފައްދަވާފައިވެއެވެ.
ޚިޔާނާތުގެ ލިސްޓުގައި ރައީސް އަބްދުﷲ ޔާމީނާއި، އަނބިކަނބަލުންނަށްވެސް ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް ބުނެފައިވާއިރު އެމަނިކުފާނުގެ ނައިބު ރައީސުން ކަމަށްވާ އަހުމަދު އަދީބާއި ޢަބްދުﷲ ޖިހާދުވެސް އެ ލިސްޓުގައި ހިމެނިވަޑައިގަންނަވައެވެ.
މަޖިލީހުން ޢާއްމުކޮށްފައިވާ ލިސްޓުގައި ރައީސް ޔާމީންގެ ކެބިނެޓްގެ 10 ވަޒީރުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި އުޅުއްވި ގިނަ ބޭފުޅުން ހިމެނޭއިރު ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންވެސް ހިމެނެއެވެ. މީގެއިތުރުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންނާއި މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބައެއްގެ ނަންވެސް އެ ލިސްޓުގައި ހިމެނެއެވެ.

Mihaa thanah Hurihaa Thahugeegee Idhaaraa thakun dhakkanee account ah vain Faisaa ge Vaahaka. YAG Amilla ah Bunefa Ebaoih dhoovessah vain Faisaa halaalu noon kamah. Kobaa e nagudhu Faisaa? YAG Eygein keeh Kuree? Eygein Kon viyafaari Eh kuranee? E massala balanee kaaku? @PComCAR
— Feydhoo Meehaa (Mohamed Nihad) (@nihad_m) May 13, 2021
ޚިޔާނާތުގެ ލިސްޓުގައި ރައީސް އަބްދުﷲ ޔާމީނާއި، އަނބިކަނބަލުންނަށްވެސް ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް ބުނެފައިވާއިރު އެމަނިކުފާނުގެ ނައިބު ރައީސުން ކަމަށްވާ އަހުމަދު އަދީބާއި ޢަބްދުﷲ ޖިހާދުވެސް އެ ލިސްޓުގައި ހިމެނިވަޑައިގަންނަވައެވެ.
މަޖިލީހުން ޢާއްމުކޮށްފައިވާ ލިސްޓުގައި ރައީސް ޔާމީންގެ ކެބިނެޓްގެ 10 ވަޒީރުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި އުޅުއްވި ގިނަ ބޭފުޅުން ހިމެނޭއިރު ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންވެސް ހިމެނެއެވެ. މީގެއިތުރުން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުންނާއި މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބައެއްގެ ނަންވެސް އެ ލިސްޓުގައި ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު