ވިއްސާރާގައި ރަށެއްގައި ފެންބޮޑުވެފައި
ވިއްސާރާގައި ރަށެއްގައި ފެންބޮޑުވެފައި
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ރަށްރަށަށް އުދަ އަރަމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަން އޮތޯރިޓީން ހާމަކޮށްފިއެވެ.

އެ އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް އަތޮޅު ތަކަށް އުދައަރަމުންދާ ކަމުގެ ރިޕޯޓުވަނީ ލިބިފައެވެ. މިގޮތުން ހއ. ހޯރަފުށި، ހއ. އުލިގަމު، ހއ. ތުރާކުނު، ހއ. ދިއްދޫ އަދި ށ. މިލަންދޫ، ށ. ފުނަދޫ، ށ. ކޮމަންޑޫ އަށް އުދައަރަމުންދާ ދާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

އެންޑީއެމްއޭ އިން ބުނީ ކުރިއަށް އޮތްވަގުތު ތަކުގައިވެސް ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ރާއްޖޭގެ އުތުރުގެ ސަރަޙައްދަށް އޮރެންޖް އެލަރޓް ނެރެފައިވާ ކަމަށެވެ. އަދި ހއ. ހޯރަފުއްޓަށް ގަދަވަޔާއި އުދައަރައިގެން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ރަށު ކައުންސިލާއި ފުލުހުން ގުޅިގެން ދަނީ މަސައްކަތްކުރަމުން ކަމަށާއި، އިތުރު އެހީތެރިކަން ބޭނުން ވެދާނެ ފަދަ ހާލަތަކަށް ސިފައިންގެ ނޮދަރން އޭރިއާ ވަނީ ތައްޔާރުވެފައި ކަމަށްވެސް އެންޑީއެމްއޭ އިން މަޢުލޫމާތުދެއެވެ.

އެންޑީ އެމްއޭ އިން ބުނީ 12 މޭ ގައި އައްޑޫއަށް ކުރ ވިއްސާރައިގައި ފެންބޮޑުވި 176 ގެއަކަށް ސިފައިންގެ ސަދަރން އޭރިއާ އިން އެހީ ފޯރުކޮށް ދީފައިވާ ކަމަށާއި، އަދި 13 މޭ ދުވަހުގެ ރޭ 10 ޖެހުމާއި ހަމައަށް ފެންހިންދުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ހަމައެއާއެކު 12 މޭ ގައި ފުވައްމުލަކަށް ކުރި ވިއްސާރައިގައި ފެނުގެ އަސަރުކުރި 270 ގެއަކަށް ސިފައިންގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށް ދީފައިކަމަށާއި، ފެން ހިންދުމުގެ އޮޕަރޭޝަން 13 މޭ ދުވަހުގެ މެންދުރު ދޭކާއި ހަމައަށް ކުރިއަށް ގެންގޮސްފައި ވާ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިރޮއޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ނެރުނު ސަމާލުގައި ބުނެފައި ވަނީ މިއަދުގެ މެންދުރު 3:15 އިން ހަވީރު 5:15 އަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށެވެ.

އެގޮތުން އެ ސަރަހައްދު ތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައި ވަނީ ގަޑިއަކު 34 މޭލައި 40 މޭލާ ދެމެދުގެ ބާރު މިނެއްގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ސަމާލުގައިވެ އެވެ. އޭގެ އިތުރުން އުތުރުގެ ކަނޑުތައް ގަދަވެ، ރާޅު އަރާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން