ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް
ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި ނަން ނެތުމަކީ އެމީހަކު ޚިޔާނަތުގެ ފައިސާ ނުނަގާކަމުގެ ހެއްކެއް ނޫންކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް، ހިންގި ހިޔާނާތުގައި ހިމެނޭކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ތަޙުޤީޤަށް ފާހަގަވެފައިވާ މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުން ވަނީ ޢާއްމުކޮށްފައެވެ. ރިޔާސީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ.

ލިސްޓުގައި ނަން ހިމަނާފައިވާ ބައެއް ފަރާތްތަކުން ފައިސާ ލިބުނުކަމަށް އިންކާރު ކުރަމުންދާތީ ވަކީލް ނިޝާން ވިދާޅުވީ، ލިސްޓް އާންމުކުރުމަކީ އަނެކުންގެ އަބުރު ކަތިލުން ކަމަށް ނޫނީ ނުވާނެ ކަަމަށެވެ. އަދި ޚިޔާނާތުގެ ލިސްޓުގައި ނަން ނެތުމަކީ އެމީހަކު ފައިސާ ނުނަގާކަން ހާމަކޮށްދޭ ކަމަކަށް ނުވާނެ ކަމަށް ވަކީލް ނިޝާން ވިދާޅުވިއެވެ.

"އެމްއެމްޕީއާރސީގެ ލިސްޓުގައި ބައެއް މީހުން ނެތުމަކީ އެބަޔަކު ފައިސާ ނުނަގާ ސަބަބެެއް ނޫން، އަދި ލިސްޓްގައި ނަން އޮތް ކޮންމެ މީހަކީ ފައިސާ ނަގާފައިވާ މީހެއްވެސް ނޫން، ނަން އޮތް ކޮންމެ މީހަކީ ކުށްވެރިއެއް ނޫން،" ވަކީލް ނިޝާން ވިދާޅުވިއެވެ.



އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި މީހުންގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުން ޢާންމު ކުރުމުން، އެފައިސާ ލިބުނުއިރު އެއީ ޚިޔާނާތުގެ ފައިސާކަން ނޭންގޭ ކަމަށް ލިސްޓުގައި ނަން ހިމެނޭ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެމް.އެމް.ޕީ.އާރް.ސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކުރާއިރު، އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިއްމު ފިޔަވަޅުތައް އެޅުމަށް މި ލިސްޓު ދިރާސާކުރި މަޖިލީހުގެ ކޮމެޓީން ވަނީ ނިންމާފައެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަޤާމުތަކުން ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ތިބި މަޤާމަކުން ވަކިކުރުމަށް ފެންނަކަމަށް ވެސް ކޮމިޓީން ވަނީ ހުށައަޅާފައެވެ.

މި ލިސްޓުގައި އޭރާއި މިހާރުގެ ދަޢުލަތުގެ މަޤާމުތަކުގައި ތިބި 119 މީހުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން