ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރުން ފަސްކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު އިރުޝާދުގެ މައްޗަށް އެއް ވޯޓުގެ ފަރަޤަކުން ކުރި ހޯދައި، އިންތިހާބު ކާމިޔާބުކުރި އެމްޑީޕީގެ ކެނޑިޑޭޓް ފަތުހުﷲ ހަސަން ހުވާ ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރު ކޮށްފައިވަނީ އިރުޝާދުގެ ފަރާތުން ހައިކޯޓަށް ހުށައަޅާފައިވާ އިންތިޚާބީ ޝަކުވާ އަކާ ގުޅިގެންނެވެ.
ހައި ކޯޓުގެ އަމުރުގައި ވަނީ ފަތުހުﷲ ހަސަން ހއ. ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިޚާބުގައި ވާދަކުރި ފަރާތްތަކުގެ ޙައްޤަކަށް އުނިކަން އަތުވެދާނެކަމެއް ކަމަށް ވާތީ މައްސަލައިގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރެވެންދެން، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިގޮތަކަށް އަންގަންދެން، ހއ. ފިއްލަދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ޤާނޫނީ ހުވާކުރުން ފަސްކުރުމަށް ހައިކޯޓުގެ ޤަވާއިދުގެ 69 ވަނަ މާއްދާގެ ދަށުން އަމުރު ކުރާ ކަމަށެވެ.
ފިއްލަދޫ ކައުންސިލަށް އިންތިކާބުވެފައި ވަނީ ޕީޕީއެމްގެ ދެ މެންބަރުންނާއި އެމްޑީޕީގެ ތިން މެމްބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު